ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 11:09
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުން
ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް އެދި މަޝްވަރާއަށް އެދިއްޖެ
ގެކޮޅަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން
ގެކޮޅަށް ބަދަލުކޮށްދިނުމަށް އެދިފައިވާކަން ހޯމް މިނިސްޓްރީންނާއި ރައީސް އޮފީހުން ކަށަވަރުކޮށްދޭ
ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުމަށް އެދި މަޝްވަރާއަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްވަރާއަށް އެދިފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ. އަދި މަޝްވަރާއަށް އެދި ހޯމް މިނިސްޓްރީއަށް ވަނީ ލިޔުމެއް ފޮނުވާފައެވެ. މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ބުނީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމަށް އެދި ލިޔުމެއް ހޯމް މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުމަށް އެދި ރިކުއެސްޓް ލިބިފައިވީ ނަމަވެސް އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާއަށް އެދިފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރި ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019 ގައެވެ.

މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ވަނީ އުފުލާފައެވެ.


Advertisement
- ކޮމެންޓް
18 މާރޗް 2021 | ބުރާސްފަތި 14:14
ޢަލީ މުޙައްމަދު
5 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށްފަހު ރަމަޟާންމަހަށް ގެއަށް ބަދަލް ކުރުމަށްފެނޭ
18 މާރޗް 2021 | ބުރާސްފަތި 14:12
ކިނބޫ
ތި ވާނީ ފޭކު ލިއުމަކަށް. ހޯމް މިނިސްޓްރީއަށް ފޭކް ލިއުން ފޮނުވި މީހަކު ހިފާ ހައްޔަރުކުރޭ. ލިއުމުގެ ވާހަކަ އާންމުކުރީ މީހަކު ހޯދާ.
18 މާރޗް 2021 | ބުރާސްފަތި 11:21
ޒިޔާ
ކޯޓުން ހުކުމް ކޮށްފައި ތިބޭ މީހުން މަޝްވަރާކޮށް ގެއަށް ބަދަލުކުރޭތޯ؟ އާދައިގެ މީހާއަށްވެސް މަޝްވަރާ ކުރެވިދާނެތޯ. ނުވަތަ ގެއަށް ބަދަލުވާން ހަމަހަމަ ފުރުސަތު އޮންނާނެތޯ
18 މާރޗް 2021 | ބުރާސްފަތި 11:20
ޒިޔާ
ކޯޓުން ހުކުމް ކޮށްފައި ތިބޭ މީހުން ބޭނުންވުމުން މަޝްވަރާކޮށް ގެއަށ