ކ. މާލެ
|
15 މާރޗް 2021 | ހޯމަ 11:26
އެމްޕީ އަހްމަދު ރަޝީދު "ހަވަރުބެރު" ޕްރޮގްރާމްގައި
އެމްޕީ އަހްމަދު ރަޝީދު "ހަވަރުބެރު" ޕްރޮގްރާމްގައި
އައްޑޫ ސިޓީގެ ތަރައްގީ
އައްޑޫ ސިޓީގެ ތަރައްޤީ ގުޅިފައި އޮތީ އެމްޑީޕީއާ- އެމްޕީ އަހްމަދު ރަޝީދު
 
އައްޑޫސިޓީގެ ހުރިހާ ރަށެއްގެ ބަނދަރު މި ދައުރުގައި ނިމޭނެ

އައްޑޫސިޓީގެ ތަރައްޤީ ގުޅިފައި އޮތީ އެމްޑީޕީ.އާ ކަމަށް ހިތަދޫ މެދުދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ހަވަރުބެރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރާއެކު އައްޑޫސިޓީގެ ރައްޔިތުން އެ ސިޓީގެ ތަރައްޤީއަށް އުންމީދު ކުރާކަމަށެވެ. އަދި އޭގެ ނަތީޖާވެސް ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. މި ސަރުކާރު އައި ފަހުން މަރަދޫފޭދޫ، އަދި މަރަދޫ ބަނދަރު ހަދާ ނިމިފައިވާ ކަމަށާއި، އަންނަ އަހަރު ހިތަދޫއާއި  ފޭދޫގެ ބަނދަރު ހެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.  

"މި ސަރުކާރު އައިސް މަރަދޫ ފޭދޫ ބަނދަރު ހަދައިފި. މިސަރުކާރު އައިސް މީދޫގެ ބަދަރު ހަދައިފި. މިސަރުކާރު އައިސް ހުޅުދޫގެ ބަނދަރު އެދަނީ ހަދަމުން. މިހާރު މަރަދޫފޭދޫ، މަރަދޫ ބަނދަރު ނިމިއްޖެ. މިހާރު ދެން ބާކީ އޮތީ، ހިތަދޫއާއި ފޭދޫއާ. އަޅުގަނޑު މިގަބޫލުކުރަނީ އަންނަ އަހަރު އެ ބަނދަރު ވެސް ހެދޭނެ ކަމަށް" އަހްމަދު ރަޝީދު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް މަސައްކަތްކޮށްފައި ނުވާކަމުގެ އެންމެ ބޮޑު ހެއްކަކީ 2010 ވަނަ އަހަރު އައްޑޫ ސިޓީގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާނުލެވުން ކަމަށް އެމްޕީ ވިދާޅުވިއެވެ.

"2010 ވަނަ އަހަރު ފަށާފައިއޮތް ނަރުދާމާ އާއި ފެނުގެ ނިޒާމް ނިންމާ ނުލެވުނު. މިއަދުވެސް އެކަން އުނދަގޫވެގެން އެ އުޅެނީ އެއިރުވެސް އެކަންކުރަން ތިބި، ރައީސް ޔާމިންގެ ސަރުކާރުން ހެދިގޮތެއް، އެއިގެ ޗާޓެއް ވެސް ނެތިގެން" މެމްބަރު އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ސެންޓަރ ގައި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ވެސް ފަށައި އެތަން ވީރާނާ ކޮށްލީކަމަށާއި މި ސަރުކާރުން މިހާރު އެ ހޮސްޕިޓަލް ވެސް ނިންމައި ރައްޔިތުންނަށް ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ.

 މީގެ އިތުރުން ވެސް ޒުވާނުން ކުޅިވަރު ކުރުމަށް ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓްތައް ވެސް މިހާރު އައްޑޫސިޓީގައި އަޅަމުންދާކަން އެމްޕީ ފާހަގަކުރެއްވިއެވެ. އަދި މި އަހަރަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓަކީ ވެސް އުންމީދީ ބަޖެޓެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް