ކ. މާލެ
|
3 މާރޗް 2021 | ބުދަ 10:38
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ދަ އެޑިޝަން
އައްޑޫ ސިޓީގައި ކޮވިޑް ފެތުރުން
އައްޑޫ އާންމު ހާލަތާ ދިމާލަށް: އައު ކޭސްއެއް ނުފެންނަތާ ދެ ދުވަސް!
 
ބަލިން އިތުރު ދެ މީހުން ރަނގަޅުވެ ޖުމުލަ ރަނގަޅުވި މީހުންގެ އަދަދު 58ށް ވަނީ އަރާފައި
 
މިހާތަނަށް ބައްޔަށް ޕޮޒިޓިްވެފައިވަނީ 91 މީހުން
 
އައްޑޫއިން ކޮވިޑްގެ ކޭސްއެއް އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ 28ގައި

އައްޑޫ ސިޓީގައި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލްކޮށް އައު ކޭސްއެއް ނުފެންނަތާ ދެ ދުވަސް ވެފައިވާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އައްޑޫގައި ކޮވިޑްގެ އައު ކޭސްއެއް އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫއިންނެވެ. އޭރު ޕޮޒިޓިވް ވެފައިވަނީ އައްޑޫ ސިޓީ މަރަދޫއިން ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއްކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތު ދެއެވެ. މިއާއެކު އައްޑޫއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ ވަނީ 91 އަރާފައެވެ. ފެބްރުއަރީ 28ށް ފަހު މާރޗް 1ވަނަ ދުވަހު ނެގި 63 ސާމްޕަލްއާއި މާރޗް 2 ވަނަ ދުވަހު ނެގި 355 ސާމްޕަލްއިން ވެސް އިތުރު އެއްވެސް މީހަކު ބަޔަށް ޕޮޒިޓިވްވެފައިނުވާކަމަށް އޭއީއޯސީއިން މަޢުލޫމާތުދެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ޕޮޒިޓިވް ވެފައިވާ 91 މީހުންގެ ތެރޭގައި ހިމެނެނީ، ހިތަދޫއިން 22 މީހުން، މީދޫއިން 13 މީހުން، މަރަދޫ-ފޭދޫއިން 4 މީހުން، ފޭދޫއިން 17 މީހުން އަދި އެމްޓީސީސީން މަސައްކަތް ކުރާ ސައިޓުން 35 މީހުންނެވެ.

އައްޑޫ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ 4 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، 58 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

33 އެކްޓިވް ކޭސް ހިމެނޭއިރު، މިހާތަނަށް 3629 ރެމްޑަމް ސާމްޕަލް ނަގާފައިވެއެވެ. އަދި 206 ގެއެއްވަނީ ކަރަންޓީންއަށް ލާފައެވެ.

އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުމާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައިވެއެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ރައްޔިތުން ސަމާލުކަން ދޭ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވެއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. ޕްރޮޖެކްޓް ސައިޓް ކްލަސްޓަރއާ ގުޅިގެން ހުޅުދޫމީދޫން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އެކްލަސްޓަރ ކޮންޓެއިންވެފައިވީ ނަމަވެސް އޭވިއޭޝަން ކްލަސްޓަރ އޮތީ އެކްޓިވްކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
25%
63%
0%
13%
0%
0%
ކޮމެންޓް
4 މާރޗް 2021 | ބުރާސްފަތި 02:17
އޮޅުން
އައްޑޫގައި ކޮވިޑްގެ އައު ކޭސްއެއް އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫއިންނެވެ. އޭރު ޕޮޒިޓިވް ވެފައިވަނީ އައްޑޫ ސިޓީ މަރަދޫއިން ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއްކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތު ދެއެވެ. މަރަދޫ މީހަކު ޕޮޒިޓިވްވި ކޮންދުވަހަކުތަ؟