ކ. މާލެ
|
27 ފެބްރުއަރީ 2021 | ހޮނިހިރު 19:49
އައްޑޫ ލިންކް ރޯޑް، ކޭސްތައް ފެތުރޭތީ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި
އައްޑޫ ލިންކް ރޯޑް، ކޭސްތައް ފެތުރޭތީ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި
najphotos.com
އައްޑޫގައި ކޮވިޑް-19 ފެތުރުން
އައްޑޫ ސިޓީން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 86 ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވް!
 
4 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، 53 މީހުން ބަލިން ރަނގަޅުވެފައިވޭ
 
ފޭދޫއިން 17 މީހުން އަދި އެމްޓީސީސީން މަސައްކަތް ކުރާ ސައިޓުން 35 މީހަކު ޕޮޒިޓިވްވެފައިވޭ
 
ހިތަދޫއިން 22 މީހުން، މީދޫއިން 11 މީހުން، މަރަދޫ-ފޭދޫއިން 4 މީހުން ޕޮޒިޓިވްވެފައިވޭ

އައްޑޫ ސިޓީން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 86 ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00ށް ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް 89 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެސެންޓަރުން ބުނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ހިތަދޫއިން 22 މީހުން، މީދޫއިން 11 މީހުން، ފަރަދޫ-ފޭދޫއިން 4 މީހުން، ފޭދޫއިން 17 މީހުން އަދި އެމްޓީސީސީން މަސައްކަތް ކުރާ ސައިޓުން 35 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ 4 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، 53 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

36 އެކްޓިވް ކޭސް ހިމެނޭއިރު، މިހާތަނަށް 3119 ރެމްޑަމް ސާމްޕަލް ނަގާފައިވެއެވެ. އަދި 199 ގެއެއްވަނީ ކަރަންޓީންއަށް ލާފައެވެ.

އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައިވެއެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ރައްޔިތުން ސަމާލުކަން ދޭ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
33%
22%
11%
22%
11%
0%
ކޮމެންޓް
3 މާރޗް 2021 | ބުދަ 01:33
ގަންޖާ ބޯ
ފަރަދޫ ފޭދޫ؟