ކ. މާލެ
|
27 ފެބްރުއަރީ 2021 | ހޮނިހިރު 15:07
ހުޅުމީދޫ، އައްޑޫ ސިޓީ، ކޭސްތައް ފެނުމާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވޭ
ހުޅުމީދޫ، އައްޑޫ ސިޓީ، ކޭސްތައް ފެނުމާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވޭ
ދަ އެޑިޝަން
އައްޑޫގައި ކޮވިޑް-19 ފެތުރުން
އައްޑޫ ސިޓީން މިހާތަނަށް 88 މީހަކު ޕޮޒިޓިވް
 
ފޭދޫއިން 17 މީހުން އަދި އެމްޓީސީސީން މަސައްކަތް ކުރާ ސައިޓުން 35 މީހަކު ޕޮޒިޓިވްވެފައިވޭ
 
ހިތަދޫއިން 22 މީހުން، މީދޫއިން 10 މީހުން، ފަރަދޫ-ފޭދޫއިން 4 މީހުން ޕޮޒިޓިވްވެފައިވޭ
 
471 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވޭ

އައްޑޫ ސިޓީން ކޮވިޑް-19ށް އިތުރު މީހަކު ޕޮޒިޓިވްވެ 471 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިއްޖެއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް ހުކުރު ދުވަހުގެ އިރުއޮއްސި 6:00ށް ނެގި 71 ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެ 471 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 88 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ ހިތަދޫއިން 22 މީހުން، މީދޫއިން 10 މީހުން، ފަރަދޫ-ފޭދޫއިން 4 މީހުން، ފޭދޫއިން 17 މީހުން އަދި އެމްޓީސީސީން މަސައްކަތް ކުރާ ސައިޓުން 35 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ 4 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، 50 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

38 އެކްޓިވް ކޭސް ހިމެނޭއިރު، މިހާތަނަށް 3033 ރެމްޑަމް ސާމްޕަލް ނަގާފައިވެއެވެ. އަދި 125 އިމާރާތް ކަރަންޓީންއަށް ލެވިފައިވެއެވެ.

އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައިވެއެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ރައްޔިތުން ސަމާލުކަން ދޭ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް