ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 12:58
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުކުރުދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުކުރުދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކުގެ ޚާއްސަ ގާނޫނު
އާ ގާނޫނުގެ މަގްސަދަކީ ޓުއާ އޮޕަރޭޓަރުންގެ ވިޔަފާރި ދުނިޔޭގެ ފެންވަރަށް ގެންދިއުން - ރައީސް ނަޝީދު
 
ބައްދަލުވުމުގެ މަގްސަދަކީ ޝަކުވާތައް އަޑު އަހައި ހައްލު ހޯދައިދިނުން
 
ރާއްޖެއަށް ފަތުރުވެރިން ގެންނަ އެޖެންސީތަކަކީ ދިވެހި އެޖެންސީތަކަށް ވާން ޖެހޭ
 
ޓޫއާ އޮޕަރޭޓަރުންގެ ވިޔަފާރި އަކީ އެންމެ ފައިދާ ބޮޑު އެއް ފިޔަފާރި

އަލަށް އެކުލަވައިލަން މަސައްކަތްކުރާ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކުގެ ޚާއްސަ ގާނޫނުގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޓުއާ އޮޕަރޭޓަރުންނާއި، އެޖެންސީތަކުގެ ވިޔަފާރި ދުނިޔޭގެ ފެންވަރަށް ފުޅާކޮށް ކުރިއެރުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކުގެ ޚާއްސަ ގާނޫނު ހެދުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތު ބައްދަލުވުންތައް ބާއްވާއިރު، އެ ބައްދަލުވުންތައް ފެށުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެންމެ ފައިދާ ބޮޑު އެއް ވިޔަފާރި އަކީ ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ވިޔަފާރި ކަމަށެވެ. އަދި އައު ގާނޫނުގެ މައިގަނޑު މަގްސަދަކީ އެ ވިޔަފާރި އިތުރަށް ފުޅާކޮށް ދުނިޔޭގެ ފެންވަރަށް ގެންދިޔުން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމް ދާއިރާއަށް ބަލާއިރު އެންމެ އަގުބޮޑު އެއް ޑެސްޓިނޭޝަން ކަމަށެވެ. އެހެންކަމަށް ވާއިރު، ރާއްޖެއަށް ފަތުރުވެރިން ފޮނުވާ އޮޕަރޭޓަރ ނުވަތަ އެޖެންސީއަކީ ދިވެހި އެޖެންސީ އަކަށް ނުވާންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.

އަޅުގަނޑަކަށް ހަގީގަތުގައި ނުވިސްނޭ، މި ދިވެހިރާއްޖެ މިއީ ލޯކަލް ޓޫރިޒަމްގައި އެންމެ އަގުބޮޑު ޑެސްޓިނޭޝަން. އެހެންވެފައި އޮންނައިރު، މިތަނަށް ޓޫރިސްޓުން ފޮނުވާ އެޖެންސީ އަކީ އެއީ އަޅުގަނޑުމެންގެ ތެރެއިން އެޖެންސީ އަކަށް ނުވާންވީ ސަބަބެއް އަޅުގަނޑަކަށް މީގެއިން ނުފެނޭ.
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާތަކުގެ ތެރެއިން ވަކި ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ދައްކާ ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ވިޔަފާރި ވަކިން ނަގައި ބޮޑުކޮށް ދައްކާއިރު، އެ ވިޔަފާރި ފުޅާކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ފެށި ބައްދަލުވުންތަކުގައި އެޖެންސީތަކަށް ޝަކުވާތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ޝަކުވާތައް އަހާފައި ނިންމާނުލާނެ ކަމަށާއި، އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ހުރިހާ އިދާރާތަކުން ވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ހިންގަނީ ރިސޯޓު ވެރިން ފެށިގެން ގޮސް ދާއިރާގައި މަސައްކަތްކުރާ އެންމެ އާދައިގެ މަސައްކަތު މީހާއާ ހަމައަށް އެންމެން ވެސް ވަރަށް ގުޅިގެން ކަމަށެވެ. އަދި އަލަށް ތައާރަފުކުރާ އެ ގާނޫނުގެ ބޭނުމަކީ ދާއިރާގެ އެންމެނަށް ގުޅިގެން މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް