ކ. މާލެ
|
22 ފެބްރުއަރީ 2021 | ހޯމަ 00:57
ކުޅުދުއްފުށި ސިޓީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދަނީ
ކުޅުދުއްފުށި ސިޓީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިނޭޝަން
ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 75 ހާހުން މައްޗަށް
ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 75,013ށް އަރާފައި
56,979 މީހުން ވަނީ މާލެ ސަރަހައްދުން ވެކްސިން ޖަހާފައި
އަތޮޅުތެރެއިން ވެކްސިން ޖަހާފައި ވަނީ 18,034 މީހުން

މުޅި ރާއްޖެއިން ކޮވިޑް-19ށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 75،000ށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު ވެކްސިން ޖެހި 5،004 މީހުންނާ އެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 75,013ށް އަރާފައެވެ. ތަފާސްހިސާބުތައްދައްކާ ގޮތުން 3،310 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 1،694 މީހުންނެވެ.

ޖުމްލަ 75,013 މީހުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 56,979 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 18,034 މީހުންނެވެ.

"ދިފާޢު" ގެ ނަމުގައި ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭން ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ވެކްސިން ޖަހަމުން އައިސް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ މީގެ ފަހުން ހުކުރު ދަވަސްތަކުގައި ވެކްސިން ނުޖަހާނެކަމަށާއި ދެން ވެކްސިން ޖަހާނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކަމަށެވެ.

ރާއްޖޭގައި މިހާރު ވަނީ އުމުރުން 35 އަހަރުން މަތީގެ އެންމެނަށް ވެސް ވެކްސިން ޖެހޭ ގޮތަށް ފުރުސަތު ހުޅުވާލާފައެވެ. އަދި އަމިއްލަ ކުންފުނިތަކާއި، މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ވެސް މިހާރު ވަނީ ވެކްސިން ޖަހަން ހުޅުވާލާފައެވެ.

މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އަދި ރާއްޖޭގައި ބޭނުން ކުރަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިނަށް މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަވެސް ލިބިފައެވެ. ރާއްޖެއަށް ޗައިނާގެ ސިނޮފާމް ވެކްސިން ލިބިފައިވީ ނަމަވެސް އަދި ބޭނުންކުރާކަށް ނުފަށައެވެ.

- ކޮމެންޓް