ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 09:46
ވ. ތިނަދޫ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ މީހެއްގެ ފައި ފިހިފައި
ވ. ތިނަދޫ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ މީހެއްގެ ފައި ފިހިފައި
ރާއްޖެއެމްވީ
ލޯންޗެއްގައި ރޯވުން
މަސް ދަތުރުކުރާ ލޯންޗެއްގައި ރޯވެ، މީހެއްގެ ފައި ފިހިއްޖެ
ލޯންޗުގެ އިންޖީނު ސްޓާޓް ނުވެގެން ތަކުރާރުކޮށް ސްޓާޓްކުރަން މަސައްކަތްކުރި

ވ. ތިނަދޫ ބަނދަރުގައި އަޅާފައި އޮތް މަސް ދަތުރުކުރާ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ލޯންޗުގެ ކެޕްޓަންގެ ފައި ފިހިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ޝިފާގު ހުސައިން ވިދާޅުވީ، މި ހާދިސާ ހިނގީ އެ ލޯންޗުގެ ކެޕްޓަން ލޯންޗު ސްޓާޓްކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އޭގެ ބެޓެރި ގޮވުމާއި ގުޅިގެން ކަމަށެވެ. އަދި އެވަގުތު ލޯންޗުގެ ޕެޓްރޯލް ޓޭންކުގައި ހުޅު ހިފައި ކެޕްޓަންގެ ދެ ފައިގެ ކަކުލު ހުޅުން ތިރި ފިހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯންޗުގެ ކެޕްޓަން އަކީ ބ. ތުޅާދޫ، އަނޯނާގެ، ނާޝިތު އިބްރާޙީމެވެ. އޭނާއަށް ވަނީ ފެލިދޫ ސިއްހީ މަރުކަޒުން ވަގުތުން ފަރުވާ ދީފައެވެ.

ޝިފާގު ވިދާޅުވީ، ހެނދު ހިނގި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފެލިދޫގައި ހަރަކާތްތެރިވާ ފުލުހުންނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ.

ތިނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ލޯންޗަކީ އެ ރަށުގައި ގެސްޓު ހައުސް އެއް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބަޔަކު މަސްވެރިކަން ކުރުމަށް ގެންގޮސްފައިވާ ލޯންޗެކެވެ.

- ކޮމެންޓް