ކ. މާލެ
|
11 ޖެނުއަރީ 2021 | ހޯމަ 19:04
އެމްއޭސީއެލުގެ ކުރީގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރ ހާމިދު ރިޒާ
އެމްއޭސީއެލުގެ ކުރީގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރ ހާމިދު ރިޒާ
މަޖިލިސް
ހާމިދު ރިޒާ ވަކިކުރި މައްސަލަ
އެމްއޭސީއެލުން ހާމިދު ރިޒާ ވަކިކުރި މައްސަލައިގައި ޓްރައިބިއުނަލުގެ ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފި
ޓްރައިބިއުނަލުން އަމުރު ނެރުނީ މައްސަލަ ނިމެންދެން ރިޒާގެ މަގާމަށް ވަގުތީ މުވައްޒަފަކު ނުނެގުމަށް
ހައި ކޯޓުން ބުނީ އެ އަމުރަކީ ދެ ފަރާތައް ވެދާނެ ގެއްލުމަކަށް ބަލައި ނެރުނު އަމުރެއް ކަމަށް
ރިޒާ ވަކިކުރީ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ދެކޮޅު ހެދުމުން ކަމަށް ތުހުމަތުކުރޭ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ހާމިދު ރިޒާ މަގާމުން ވަކިކުރި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.

ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ހާމިދު ރިޒާ މަގާމުން ވަކިކޮށްފައިވަނީ 2019 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހެއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ސުލޫކީ މައްސަލައެއްގައި ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

ހާމިދު ރިޒާ މަގާމުން ވަކިކުރި މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. ހާމިދު ރިޒާ އެދުނީ އޭނާގެ ވަޒީފާ އަލުން އިއާދަކޮށްދިނުމަށާއި، ވަކިވެފައިވާ ކަމަށް ނުބެލުމަށެވެ. އެކަމަކު އެ މައްސަލަ ޓްރައިބިއުނަލުގައި ކުރިއަށްދަނިކޮށް އެމްއޭސީއެލުން ވަނީ ހުސްވި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

އެކަން ހުއްޓުވުމަށް އެދި ރިޒާ ޓްރައިބިއުނަލުގައި އެދުމުން ޓްރައިބިއުނަލުން ނެރުނު ވަގުތީ އަމުރުގައި ބުނީ ހާމިދު ރިޒާ އަދާކުރި ޑެޕިއުޓީ ޗީފް ފައިނެންޝަލް އޮފިސާގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށާއި، އެފަދަ ކަމެއް ކުރަމުންދާނަމަ އެކަމެއް ހުއްޓާލުމަށެވެ. މީގެ އިތުރަށް އޭނާ މަގާމަށް އަލުން ރުޖޫއަކުރުމަށް ޓްރައިބިއުނަލުން ނިންމައިފިނަމަ، އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށްވެސް ޓްރައިބިއުނަލުގެ އަމުރުގައިވެއެވެ.

ޓްރައިބިއުނަލުގެ މި އަމުރު އެމްއޭސީއެލުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ހައި ކޯޓުންވެސް ވަނީ އެ އަމުރަށް ތާއިދުކޮށް ހުކުމް އިއްވާފައެވެ. އެ ހުކުމުގައި ވަނީ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ޗަރުއީ އަދި ޤާނޫނީ އެއްވެސް އުސޫލަކާ ޚލާފުކަމެއް ނެތް ކަމަށެވެ.

ހާމިދު ރިޒާ މަގާމުން ވަކިކުރިއިރު، ހަމަ އެ އަހަރުގެ ސެޕްޓެމްބަރު 23 ގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޮމާޝަލްގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފުވެސް ވަނީ ވަކިކޮށްފައެވެ. އެ ދެ ބޭފުޅުންވެސް ވަކިކުރީ އެމްއޭސީއެލުގެ އައު ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް އެ ދެ މުވައްޒަފުން ދެކޮޅު ހަދާފައިވާތީ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެކަމަކު އެމްއޭސީއެލުން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.

- ކޮމެންޓް
12 ޖެނުއަރީ 2021 | އަންގާރަ 00:57
ހަސަން އަރީފް
އިބްރާހީމް ނޫރައްދީން ހީކުރަނީ އެމް.ޑީ،ޕީ ސަރުކާރަކީ އޭނަގެ އަމިއްލަ އެއްޗެއްކަމަަށް. އެމް.ޑީ.ޕީ މެންބަރުން ހަމަ ހިލާ ކޮރަޕްޝަންއަށް ޖާގަނުދޭނެ