ކ. މާލެ
|
11 ޖެނުއަރީ 2021 | ހޯމަ 15:50
ހުޅުމާލެ - ކޮމާޝަލް ބޭނުމަށް ދެ ގޮތަކަށް ބިން ދޫކުރުމަށް ވަނީ ނިންމާފައި
ހުޅުމާލެ - ކޮމާޝަލް ބޭނުމަށް ދެ ގޮތަކަށް ބިން ދޫކުރުމަށް ވަނީ ނިންމާފައި
ކޮމާޝަލް ސްޕޭސްތައް ކުއްޔަށް ދޫކުރުން
ހުޅުމާލެއިން ދެ ގޮތަކަށް ކޮމާޝަލް ސްޕޭސްތައް ކުއްޔަށް ދޫކުރަނީ
އާރް.އެފް.ޕީ އަށް ހުޅުވާލެވިގެން ދާނީ އާއްމުކޮށް ލިބެން ހުންނަ ޚިދުމަތްތަކާއި ވިޔަފަރާތިކަށް
ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ވަނީ ނިންމާފަ

ކޮމާޝަލް ސްޕޭސްތައް ކުއްޔަށް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް ކަނޑައަޅާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފިއެވެ.

އެޗްޑިސީން ބުނީ ރިކުުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) މެދުވެރިކޮށާއި ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށް ދިނުމަށް ޤަވައިދެއް އެކުލާވާލާފައި ވާކަމަށައި މި ޤަވައިދު އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ވާނެ ކަމަށެވެ.

އާރްއެފްޕީ އަށް ހުޅުވާލެވިގެން ދާނީ އާއްމުކޮށް ލިބެން ހުންނަ ޚިދުމަތްތަކާއި ވިޔަފަރާތިކަށެވެ. މީެ ތެރޭގައި ގްރޯސަރީ ސްޓޯރ އަދި ސެލޫން ފަދަ ތަންތަން ހިމެނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ދެވޭ ފުރުޞަތުގައި އިވެލުއޭޓް ކުރުމަށް ފަހު، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ މިފަދަ ތަންތަން ކުއްޔަށް ދިނުމުގައި އެ ކޯޕަރޭޝަނުން އަމަލު ކުރާ ދެވަނަ ގޮތަކީ ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށް އެންކަރ ޓެނަންޓް، ފްރެންޗައިސް އަދި އާއްމުންގެ މެދުގައި މަޤުބޫލު ބްރޭންޑްތަކަށް ފުރުޞަތުދިނުން ކަމަށެވެ. އެގޮތުން ޑައިރެކްޓް އެލޮކޭޝަންގެ އެއްމެ ބޮޑު ބޭނުމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީ ކުރެވެމުންދާ ޕްރޮޖެކްޓްތަކާއި ގުޅިގެން އެ ހިސާބުތަކުގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ހުޅުމާލެއިން އާއްމުކޮށް ނުލިބޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އަދި އެ ކޯޕަރޭޝަނުން ގަބޫލު ކުރާގޮތުގައި މިގޮތަށް ކަނޑައެޅޭ ޔުނިޓްތަކުގެ ސަބަބަބުން މި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ މަންފާ އާއި ލާބަ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މިހާރުވެސް ހުޅުމާލޭގެ 1 ވަނަ ފިޔަވަހީގައި ތަރައްޤީ ކުރެވިފައިވާ ގިނަ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކާއި، ހުޅުމާލެ ސެންޓްރޯއިން ވިޔަފާރީ އުސޫލުން ކުއްޔަށް ދިނުމަށް ކޮމާޝަލް ސްޕޭސް ކަނޑައެޅި އިޢުލާނު ކުރުމާއިއެކު ހުޅުމާލެ 2 ވަނަ ފިޔަވަހިގައި މިހާރު އިމާރާތް ކުރެވިފައިވާ ހިޔާ ފްލެޓުގެ ބައެއް ޔުނިޓްތަށް ކޮމާޝަލް ސްޕޭސް ގޮތުގައި ކަނޑައެޅި ޢިއުލާން ކުރެވިފައިވާކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މީގެއިތުރުންވެސް، ހުޅުމާލޭގައި އެކި ގޮތްގޮތުން ވިޔަފާރި ކުރަން ބެނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީ.އޯ.އައި) ފޯމު ހުށައެޅުމުގެ ފުުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ. މި ފޯމްhttps://hdc.com.mv/app/files//2020/12/EOI-Application-form-version-1.pdfވެބްޕޭޖުން ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އަދި މިފޯމް ހުށައެޅުމުން، އެފަރާތަކާއި ގުޅުން ހުރި އާރް.އެފް.ޕީ އެއް އިޢުލާން ކުރެވޭއިރު އެފަރާތަކަށް އެންގޭނެ ކަމަށާއި ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ އިރު، މިގޮތަށް ހުޅުވާލެވޭ ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުންނާއި މައި ހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބޭނެއެވެ.

- ކޮމެންޓް