ކ. މާލެ
|
11 ޖެނުއަރީ 2021 | ހޯމަ 15:07
އައިޝަތު ޒާހިރާ: އެމްއެމްއޭގައި 31 އަހަރު ހިދްމަތްކުރައްވައި، ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި 6 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައިވޭ
އައިޝަތު ޒާހިރާ: އެމްއެމްއޭގައި 31 އަހަރު ހިދްމަތްކުރައްވައި، ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި 6 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައިވޭ
އެމްއެމްއޭ
ސީއެމްޑީއޭ
ސީއެމްޑީއޭގެ ޗެއަރޕާސަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ގަވަރުނަރު ޒާހިރާ ހަމަޖައްސައިފި
ޒާހިރާއަކީ މީގެކުރިން، ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު، 6 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައިވާ ކަނބަލެއް
އެމްއެމްއޭގައި 31 އަހަރު ހިދްމަތް ކުރެއްވި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗެއާރޕާސަންގެ މަގާމަށް އާއިޝަތު ޒާހިރާ ހަމަޖައްސައިފިއެވެ.

ސީއެމްޑީއޭއިން ބުނެފައިވާގޮތުގައި، މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ހ. ސަނޯރާމާ، އާއިޝަތު ޒާހިރާ އައްޔަން ކޮށްފައިވާ ކަމަށެވެ.

ޒާހިރާއަކީ މީގެކުރިން، ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ކަނބަލެކެވެ. ޒާހިރާ ވަނީ އެމްއެމްއޭގައި 31 އަހަރު ހިދްމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރައްވާފައެވެ. ރިޓަޔަރ ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެކަމަނާ މަގާމުން ރިޓަޔާ ކުރެއްވިއިރު، އެމްއެމްއޭއަށް ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވިއިރު، ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި 6 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައިވެއެވެ.

ސީއެމްޑީއޭގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެއެވެ.

- ކޮމެންޓް