ކ. މާލެ
|
11 ޖެނުއަރީ 2021 | ހޯމަ 15:05
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިހާބު
ކައުންސިލް އިންތިހާބުގައި ބައިނަލްއަގުވާމީ އޮބްޒަރވަރުނަށް ފުރުސަތު ދޭނަން - ޝަރީފު
އޮބްޒަރވަރުން ގެނައުމުގައި އެ ފަރާތްތަކުން ނިސްބަތްވާ ގައުމާއި ދިރިއުޅޭ މާހައުލަށް ބަލާނެ
އެ ފަރާތްތަކަށް ހާއްސަ ގައިޑްލައިންތަކެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފަ
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބޭރުގެ އޮބްޒަރވަރުންނަށް ފުރުސަތު ދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ބޭރުގެ އޮބްޒަރވަރުން ނުގެންނާނެ ކަމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވުނު ނަމަވެސް އެޑްވައިޒަރީ ބޯޑުން މަޝްވަރާ ކުރުމަށްފަހު އިންޓަރނޭޝަނަލް އޮބްޒަރވަރުން ގެންނަން ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އޮބްޒަރވަރުން ގެނައުމުގައި އެ ފަރާތްތަކުން ނިސްބަތްވާ ގައުމާއި ދިރިއުޅޭ މާހައުލު ބައްލަވާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ހާއްސަ ގައިޑްލައިންތަކެއް އެކުލަވާލާ ތައްޔާރު ކުރައްވާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ. ނަމަވެސް އިންތިޚާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށްވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވެއެވެ.

އެހެންނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި މަޝްވަރާ ކުރުމަށްފަހު ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު އިސްލާހުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

- ކޮމެންޓް