ކޮވިޑް-19 އަށް އިތުރު 44 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް 3،277 މީހެއްގެ ގައިން ވަނީ ކޮވިޑްގެ ސާމްޕަލް ނަގައިފައެވެ. އޭގެ ތެރެއިން 44 މީހެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 24 މީހުން ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަތޮޅުތެރެއިން 16 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑަށް އިތުރު 44 މީހުން ޕޮޒިޓިވްވުމާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 717 އަށް އަރައިފައެވެ. ރާއްޖެއިން މިހާތަނަށް 14،109 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 13،336 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 52 މީހަކަށް ފަރުވާދެމުން އަންނައިރު، މި ބަލީގައި ރާއްޖެއިން 49 މީހަކު ވަނީ ނިޔާވެފައެވެ.