ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 19:06
ވެމްކޯއިން ކުނި ނަގަނީ
ވެމްކޯއިން ކުނި ނަގަނީ
ރާއްޖެއެމްވީ
ވެމްކޯ ކުނި ނެގުން
މިރެއިން ފެށިގެން ކުނި ނަގާނީ ރޭގަނޑު 10ން 12ށް
މީގެ ކުރިން ކުނި ނެގީ މެންދުރު ގަޑީގައި
ވެމްކޯއިން ބުނީ އެގަޑީގައި މަގުމަތި ބާރުބޮޑުވެ މައްސަލަ ދިމާވާ ކަމަށް

މިރެއިން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ކުނި ނަގާނީ ރޭގަނޑު 10 އިން ފެށިގެން 12:00 އާ ދެމެދު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން މެންދުރު ގަޑިއަށް ކުނި އުކަން ހަމަޖައްސައި އެގަޑީގައި ކޮންމެ ގެއެއްގެ ވެސް ހުރިހާ ފަންގި ފިލާއެއްގެ ކުނި އެބަޔަކު އަމިއްލައަށް ތިރީގައި ބަހައްޓާ ގޮތަށް އުސޫލު ބަދަލުކުރި އެވެ. ނަމަވެސް ކުނި ނަގާ ގަޑިއަށް ބަދަލު ގެންނަން ނިންމީ މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލް އަދި އެހެެނިހެން ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރުމަށް ފަހު އެފަރާތްތަކުގެ ލަފާއާއި އެކު ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.

ވެމްކޯއިން ބުނީ މި ބަދަލުގެނައީ، މިހާރު ކުނި ނަގާ އަންނަ ގަޑީގެެ ސަބަބުން މަގުމައްޗަށް ލޯޑު ބޮޑުވުމުގެ މައްސަލަ ދިމާވާތީ ކަމަށެވެ. ވެމްކޯއިން ވަނީ އެކުންފުނިން ދެމުން ދިޔަ "ޑޯސްޓެޕް" ސަރވިސް ވެެސް އެއްކޮށް މެދުކަނޑާލާފައެވެ.

- ކޮމެންޓް