ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާއިން ބުނީ، މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ކޮކާން (40އ) ކަމަށެވެ.
މުޙައްމަދު ކޮކާން ހޯދަމުންދަނީ ހިޔާނާތުގެ މައްސަލައެއްގައިކަމަށް ފުލުހުން ބުނިނަމަވެސް އެއީ ކޮންމައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ، މުޙައްމަދު ކޮކާންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު، ދައުލަތުގެ އެއްވެސް އިދާރާއަކަށް ބިދޭސީންގެ ސީދާ އަދަދެއް ނޭނގެއެވެ. ދައުލަތުގެ ބައެއް އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ދެ ލައްކައެއްހާ ބިދޭސީން އުޅޭއިރު، ގަވާއިދާ ހިލާފަށްވެސް ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ބިދޭސީންގެ މައްސަލަތައް ރާއްޖޭގެ އިންތިހާއަށް އިތުރުވެފައިވާއިރު، ޖިނާއީ ބޮޑެތި ކުށްތައް ކުރުމުގައިވެސް ބިދޭސީން ޝާމިލްވެއެވެ.