ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 13:23
ވެމްކޯގެ މުވައްޒަފުން މާލޭ މަގު މައްޗަށް ޖަމާކޮށްފައިވާ ކުނި ނެގުމުގައި
ވެމްކޯގެ މުވައްޒަފުން މާލޭ މަގު މައްޗަށް ޖަމާކޮށްފައިވާ ކުނި ނެގުމުގައި
ރާއްޖެއެމްވީ
ވެމްކޯއިން ކުނި ނަގާ ގަޑިއަށް ބަދަލު ގެނައުން
އާދިއްތަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ރޭގަނޑު
34،000 ގޭބީސީން ރަޖިސްޓްރީކޮށްފައި ވަނީ 19،000 ގޭބީސީ
ކުނި ނަގަމުން އަންނާނީ ރޭގަނޑު 10:00 އިން 12:00 އަށް
ކޮވިޑް-19 އަށް ފަހު ބައެއް ގޭބީސީން ރަޖިސްޓްރޭޝަން ކެންސަލްކުރި އެކަމަކު ބަރާބަރަށް ހިދުމަތުގެ ބޭނުންކުރޭ

އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުނި ނަގަމުންދާނީ ރޭގަނޑު 10 އިން ފެށިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެެން ދެން އެ ކޯޕަރޭޝަނުން ކުނި ނަގަމުން އަންނާނީ ރޭގަނޑު 10:00 އިން 12:00 އަށް ކަމަށެެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން ކުނި އުކާ ވަކި ގަޑިއެއް ކަނޑައަޅައި އެގަޑި އަކަށް ކޮންމެ ގެއެއްގެ ވެސް ހުރިހާ ފަންގި ފިލާއެއްގެ ކުނި އެބަޔަކު އަމިއްލައަށް ތިރީގައި ބަހައްޓާ ގޮތަށް އުސޫލު ބަދަލުކުރި ކަމަށާއި ނަމަވެސް ކުނި ނަގާ ގަޑިއަށް ބަދަލު ގެންނަން ނިންމީ މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލް އަދި އެހެެނިހެން ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރުމަށް ފަހު އެފަރާތްތަކުގެ ލަފާއާއި އެކު ކަމަށެވެ.

މީގެ ކުރިން ވެމްކޯ އިން ކުނި ނަގަމުން އައިސްފައި ވަނީ ކޮންމެ ގެއެއްގެ ވެސް ދޮރާށި ކައިރިން ކަމަށްވާއިރު، މިހާރު ކުނި ނަގަމުން އަންނަ ގަޑީގެެ ސަބަބުން މަގުމައްޗަށް ލޯޑު ބޮޑުވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ. ވެމްކޯއިން ވަނީ އެކުންފުނިން ދެމުން ދިޔަ "ޑޯސްޓެޕް" ސަރވިސް ވެެސް އެއްކޮށް މެދުކަނޑާލާފައެވެ.

ވެމްކޯއިން ވަނީ ކުނި އުކަން ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން މަހު ފީ ދައްކަމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުނި އުކަން ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން 30 ޕަސަންޓު ގެތަކުން ވެސް މަހު ފީ ނުދައްކާ ކަމަށް ވެމްކޯއިން ބުނެއެވެ.

- ކޮމެންޓް
7 ޖެނުއަރީ 2021 | ބުރާސްފަތި 21:15
ހެޔޮ
އަދިވެސް ނަގަނީ ޑޯސްޓެޕް ސަރވިސްގެ އަގު. 150. އެއީ ހަމަޖެހޭ އުސޫލެއްތަ؟؟؟؟؟؟؟