މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކު ފިހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ގޭސް ފުޅި ގޮވާފައިވަނީ ހ. ތިން ނޫނުގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ބުދަ ދުވަހުގެ މެންދުރު 12:31 ހާއިރު ކަމަށާއި، އެމީހުން ރިޕޯޓު ކުރީ އަލިފާން ނިވާލާފައި ހޮސްޕިޓަލަށް ދަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ހާދިސާގައި ދެ ފިރިހެނަކު ފިހިފައިވާ ކަމަށާއި، އެ ދެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ބުންނެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގީ ގޭސް ފުޅިއާ ގުޅާފައި އިން ނަޓެއް ދޫވެގެން ގޭސް ލީކުވެގެން ކަމަށެވެ.