ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 11:29
އަބްދުއްރަހީމްގެ މަންމަ މަރިޔަމް އަހުމަދު
އަބްދުއްރަހީމްގެ މަންމަ މަރިޔަމް އަހުމަދު
ޓްވިޓަރ
އަބްދުއްރަހީމްގެ މަންމަ ނިޔާވުން
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މަންމަ ނިޔާވެއްޖެ
އޭނާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައި
އޭނާ އަކީ ޕީޕިއެމް ކައުންސިލް މެމްބަރު އިބްރާހީމް ފައިސަލް އާއި ޕީއެންސީ ގެ ކައުންސިލް މެންބަރު ޢަބްދުލްޙަސީބު އިބްރާހީމްގެ މާމާފުޅު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ މަންމަ މަރިޔަމް އަހުމަދު ނިޔާވެއްޖެ އެވެ.

އަބްދުއްރަހީމްގެ މަންމަ ނިޔާވީ އަންގާރަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މަރިޔަމް އަހުމަދު ނިޔާވުމާއި ގުޅިގެން ޕީއެންސީން ވަނީ އަބްދުއްރަހީމްގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމްގެ މަންމަ އާއި ޕީޕިއެމް ކައުންސިލް މެމްބަރު އިބްރާހީމް ފައިސަލް އާއި ޕީއެންސީގެ ކައުންސިލް މެންބަރު ޢަބްދުލްޙަސީބު އިބްރާހީމްގެ މާމާފުޅު ނިޔާވި ހަބަރު ޚަބަރު އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާ އެކު ކަމަށެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ އަބްދުއްރަހީމް އަބްދުﷲ އާއިއެމަނިކުފާނުގެ އާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެ ކޯލިޝަންގެ ހުރިހާ މެމްބަރުން ބައިވެރިވާ ކަމަށެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އާއި ކޯލިޝަންގެ ލީޑަޝިޕާއި، ކައުންސިލްމެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އަދި ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެނަމުގައި ތައުޒިޔާ ދަންނަވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

- ކޮމެންޓް