ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 09:18
އޮޅުވެލި ރިސޯޓްގައި ރޯވެފައިވަނީ އެ ރިސޯޓުގެ ހަތަރު ކޮޓަރީގެ ބްލޮކެއްގައި
އޮޅުވެލި ރިސޯޓްގައި ރޯވެފައިވަނީ އެ ރިސޯޓުގެ ހަތަރު ކޮޓަރީގެ ބްލޮކެއްގައި
އެމްއެންޑީއެފް
އޮޅުވެލި ރިސޯޓްގައި އަލިފާން ރޯވުން
އޮޅުވެލި ރިސޯޓްގައި އަލިފާން ރޯވެ ދެކޮޓަރި ބޭނުން ނުކުރެވޭވަރަށް އަނދައިފި
އަލިފާނުގެ ހާދިސާ ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުގެ 00:25 ގައި
ރޯވެފައިވަނީ އެ ރިސޯޓުގެ ހަތަރު ކޮޓަރީގެ ބްލޮކެއްގައި
ފަޔަރ ޓީމު ދިއައިރު ރިސޯޓުގެ މުވައްޒަފުން ވަނީ އަލިފާން ނިއްވާލައިފައި

އޮޅުވެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ ދެކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ އަންގާރަ ދުވަހުގެ 00:25 ގައި އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައި ވާކަމަށާއި މި ހާދިސާ ރިޕޯޓު ކުރުމާއިއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ލޯންޗެއް ހަރަކާތްތެރި ވެފައިވާކަމަށެވެ.

އިތުރަށް މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ހާމަ ކޮށްފައިވަނީ ރޯވެފައިވަނީ އެ ރިސޯޓުގެ ހަތަރު ކޮޓަރީގެ ބްލޮކެއްގައި ކަމަށެވެ. އޭގެން ދެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށާއި އެމްއެންޑީއެފްގެ ފަޔަރ ޓީމު ދިއައިރު ރިސޯޓުގެ މުވައްޒަފުން ވަނީ އަލިފާން ނިއްވާލައިފައި ކަމަށްވެސް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

- ކޮމެންޓް