ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 04:49
އަލިބާބާ ކުންފުނީގެ ފައުންޑަރ ބިލިއަނަރ ޖެކް މާ
އަލިބާބާ ކުންފުނީގެ ފައުންޑަރ ބިލިއަނަރ ޖެކް މާ
ރޮއިޓަރސް
ޖެކް މާ ގެއްލުން
ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
 
ޖެކް މާ އަންނަނީ ޗައިނާގެ ފައިނޭންޝަލް ރެގިއުލޭޓަރީ ސިސްޓަމުން އީޖާދީ އުފެއްދުންތެރިކަމަށް ހުރަސް އަޅާ ކަމަށް ބުނެ ފާޅުގައި އެ ސިސްޓަމަށް ފާޑު ކިޔަމުން
 
ޖެކް މާ ވަގަށް ނެގި ކަމުގެ ތުހުމަތުތައް ޗައިނާ ސަރުކާރަށް ވަނީ އަމާޒުވެފައި

ޗައިނާގެ ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް ރިޕޯޓް ކުރަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖެކް މާ އެންމެ ފަހުން އާންމުނަށް ފެނިފައިވަނީ މިދިއަ ނޮވެމްބަރު މަހު މެދު ތެރޭގައެވެ. އަދި އޭނާގެ ފައުންޑޭޝަނުން ބާއްވާ އެފްރިކާސް ބިޒްނަސް ހީރޯސްގެ ފިނާލޭ އެ މަހު ބޭއްވިއިރު، ޖެކް މާ މި ޝޯވގައި ޖަޖެއްގެ ހައިސިއްޔަތުން ބައިވެރިވެފައެއް ނުވެއެވެ. މީގެ ކުރިން ޖެކް މާއަކީ މި ޝޯވގައި ބަރާބަރަށް ބައިވެރިވަމުން އަންނަ ފަރާތެކެވެ.

ޖެކް މާ ގެއްލުވާލާފައިވާ އަޑުތަކެއް ފެތުރިފައިވާއިރު، ޖެކް މާގެ ކުންފުނި އަލިބާބާގެ ތަރުޖަމާނު ވިދާޅުވީ ޖެކް މާ ޝޯވގައި ބައިވެރިނުވީ މިއަހަރުގެ ޝޯވގައި ބައިވެރިވުމަށް ވަގުތު ނުލިބުމުން ކަމަށެވެ. އަދި މިކަމަށް ދޭނެ އިތުރު ޖަވާބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއިން ވަނީ ޖެކް މާ ވަގަށް ނަގައިފައެވެ. މީގެ ކުރިންވެސް ޗައިނާގެ ސަރުކާރާއި ޖެކް މާއާއި ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޖެކް މާ އަންނަނީ ޗައިނާގެ ފައިނޭންޝަލް ރެގިއުލޭޓަރީ ސިސްޓަމުން އީޖާދީ އުފެއްދުންތެރިކަމަށް ހުރަސް އަޅާ ކަމަށް ބުނެ ފާޅުގައި އެ ސިސްޓަމަށް ފާޑު ކިޔައިފައެވެ. އެއާއިއެކު ޗައިނާގެ ސަރުކާރުން ވަނީ އެގައުމުގެ އޭންޓް ބޭންކިން ހިދުމަތުގެ ގަވާއިދުތައް ހަރުކަށި ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
56%
0%
24%
21%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ