ހުޅުމާލެއިން ވަގުތީގޮތުން މުދަލާއި ތަކެތި ބެހެއްޓުމަށް ބިން އަދި ކޮންޓެއިނަރ ކުއްޔަށް ދޫކުރުން މެދުކަނޑާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ 24 ސެޕްޓެމްބަރ 2020 އިން ފެށިގެން ހުޅުމާލެއިން ވަގުތީގޮތުން މުދަލާއި ތަކެތި ބެހެއްޓުމަށް ބިން އަދި ކޮންޓެއިނަރ ކުއްޔަށް ދޫކުރުމަށް އެދޭ ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ކަމަށެވެ.
އެޗްޑީސީން ބުނީ އެތަންތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފޯމު ހުށަހަޅުއްވާ ތަރުތީބުން ޖާގަހުރި މިންވަރަކުން ކަމުގައިވެފައި، މިވަގުތު މިކަމަށް ކަނޑައަޅާފައިވާ ބިން އަދި ކޮންޓެއިނަރ ހުރި އަދަދަށްވުރެ އިތުރަށް ފޯމު ލިބިފައިވާތީ، ވަގުތީގޮތުން ފޯމު ބަލައިގަތުން ހުއްޓާލައިފައިވާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ޖާގަ ހުސްވާ މިންވަރަކުން، އެތަންތަން ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެކޯޕްރޭޝަނުން މައުލޫމާތުދެއެވެ.