ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 18:21
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިހާބު
މިހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ: އީސީ ޝަރީފް
ހައިކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ ވަނީ ބަލައިގަނެ، ރެޖިސްޓްރީވެސް ކޮށްފައި
އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު
މެއި މަހުގެ 9 ވަނަ ދުވަހަކީ އިންތިހާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީހު

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާާލަތު ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް އިތުރު ކުރުމާއި ގުޅިގެން، ކުރިން މާޗު މަހު ބާއްވަން މަސައްކަތްކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އެ މުއްދަތުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފި ނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި އިންތިހާބު ބޭއްވުމަށްޓަކައި ބޭނުންވާ ބަޖެޓު ނެތްކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް އިތުރުކުރުމާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސްކުރަންޖެހޭކަން ފާހަގަކުރައްވާ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ ފަރާތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިނަކާއި ހަމައަަށް އިތުރުކުރުމުން، އިލެކްޝަނުން އިއުލާނުކޮށްފައިވާ ތާރީހު ކަމަށްވާ މާޗު މަހުގެ 6 ވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލައި 30 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައި ހުރިހާ ކަމެއް އެންމެ މަހެއްގެ ތެރޭގައި ނިންމުމަކީ އުނދަގޫ ކަމެކެވެ. އަދި އިންތިހާބުގެ ކަންކަން ދެން ބައްޓަން ކުރެވިގެންދާނީ ހާލަތަށް ބެލުމަށްފަހު ވަގުތު އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، އެއާއި ގުޅޭގޮތުން ނިންމުންތައް ނިންމާނީ، ބުދަ ދުވަހު ބާއްވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުގައި ކަމަށެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް އިތުރުކޮށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، ލިބިދޭ ބާރުގެ ދަށުން، މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަަމަށެވެ.

ޝަރީފް ވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ލޯކަލް ކައުންސިލް އިންތިހާބަށް އެޑިޔުކޭޝަން މިނިސްޓްރީގެ ގިނަ ވަސީލަތްތަކެއް ބޭނުން ކުރަންޖެހޭ ކަމަށް ވިދާޅުވެ، ކުރިން ކަނޑައެޅިފައިވާ ތާރީހު ކަމަށްވާ މާރޗު މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަ ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.

ހާއްސަ ގާނޫނެއްގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ނިންމުމާއި ގުޅިގެން އަމިއްލަ ފަރާތަކުން ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށްއެދި، ދުސްތޫރީ މައްސަލައެއް ވެސް ހައިކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ވަނީ ހައިކޯޓަށް ބަލައިގަނެ ރެޖިސްޓްރީވެސް ކޮށްފައެވެ.

- ކޮމެންޓް