ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 15:36
މާލެ ސިޓީގައި ކޮވިޑަށް ޓެސްޓުކުރުމަށް ރޭންޑަމް ސާމްޕަލް ނަގަނީ
މާލެ ސިޓީގައި ކޮވިޑަށް ޓެސްޓުކުރުމަށް ރޭންޑަމް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކަށް!
ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން އަންނަނީ ބޮޑެތި ލުއިތަކެއް ދެމުން
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު

މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، މި އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރުނު ބަޔާނެއްގައި ބުނީ ޤާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، ލިބިދޭ ބާރުގެ ދަށުން، މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަަމަށެވެ.

މި ބަޔާނުގައި ބުނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ އަހަރުގެ މާޗު މަހުގެ 12 ގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާ ދީފައިވާ ކަމަށެވެ.

ވުމާއެކު ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، ސިއްހަތާ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށް މި ބަޔާނުގައިވެއެވެ.

ކޮވިޑް-19 ގެ ކޭސްތައް މަދުވުމާ ގުޅިގެން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން އަންނަނީ ބޮޑެތި ލުއިތަކެއް ދެމުންނެއެވެ. ނަމަވެސް ބަލި ކުއްލިއަކަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުއޮތުމުގެ އިތުރުން ބޭރުގެ ގައުމުތަކުން އައު ވޭރިއެންޓެއް ފެނިފައިވާތީ ލުއިތައް ދިން ނަމަވެސް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ހާއްސަކޮށް މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް