ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 12:46
ތެޔޮ ޓޭންކަރަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތަނާހެން އަލުން ބަނދެފައިވާ ބޯޓެއް
ތެޔޮ ޓޭންކަރަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތަނާހެން އަލުން ބަނދެފައިވާ ބޯޓެއް
ގޫގުލް
ބްރިޓިޝް ލޯޔަލްޓީ ޑައިވް
ބްރިޓިޝް ލޯޔަލްޓީ ޑައިވް، އައްޑޫ ޓުއަރިޒަމް ޕްރޮމޯޓް ކުރަން ހިންގޭ ބޮޑު ހަރަކާތެއް
ޖެނުއަރީ 5، 1946 ގައި މި ތެޔޮ ޓޭންކަރު ވަނީ ހިތަދޫއާއި މަރަދޫއާ ދެމެދުގެ ސަރަހައްދަކަށް އަޑިއަށް ގޮސްފައި
ޑައިވް ހަރަކާތަކީ އައްޑޫ ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ހިންގޭ ހަރަކާތެއް
އައްޑޫސިޓީގައި ބާއްވާ ޑައިވިން ހަރަކާތުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަންނަވާނެ

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އައްޑޫސިޓީގައި އިނގިރޭސިން ބޭނުންކުރި ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ޑައިވް އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

ނަލަފެހި މީދޫ ޖަމްޢިއްޔާގެ ފަރާތުން އައިމިނަތު ސޯލިޙާ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި ހަރަކާތް ކުރިއަށްގެންދަނީ ޖެނުއަރީ 05 ދުވަހު ހެނދުނު މަރަދޫ ބަނދަރުގައި މިހަރަކާތް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތަށް ފަހު ކަމަށެވެ. އަދި 75 ޑައިވަރުން ‘ބްރިޝް ލޯޔަލްޓީ’ރެކަށް ޑައިވްކޮށް އެ މަންޒަރުތައް ކަނޑު އަޑިންނާއި ޑްރޯން މެދުވެރިކޮށް ފޮޓޯ ނަގާ ސޯސަލް މީޑިއާ މެދުވެރިކޮށް އެ ވަގުތު ލައިވްކުރާނެކަމަށާއި އައްޑޫސިޓީގައި ބާއްވާ ޑައިވިން ހަރަކާތުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ސޯލިޙާ ވިދާޅުވިއެވެ.

އިނގިރޭސިން ބޭނުންކުރި ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު

މި ހަރަކާތް ކުރިއަށްގެންދަނީ ނަލަފެހި މީދޫ ޖަމްޢިއްޔާއިން އިސްނަގައިގެން އައްޑޫ ސިޓީ ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި، އައްޑޫސިޓީގެ ޑައިވް ސެންޓަރ ތަކާއި ރިސޯޓް އަދި ގެސްޓްހައުސްތަކާއި، ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެންނެވެ.

ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން ބާއްވާ މި އިވެންޓަކީ ޑައިވް ޑެސްޓިނޭޝަންއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް އައްޑޫސިޓީ ޕްރޮމޯޓްކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ އިވެންޓެއް ކަމަށެވެ.

"ބްރިޓިޝް ލޯޔަލްޓީ" ތެޔޮ ޓޭންކަރަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތަނާހެން ބަނދެފައިވާ ބޯޓެއް

"ބްރިޓިޝް ލޯޔަލްޓީ" ތެޔޮ ޓޭންކަރަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތަނާހެން ބަނދެ، 1939 ވަނަ އަހަރު އިނގިރޭސި މަނަވަރުތަކަށް ބޭނުންވާ ތެޔޮ ރައްކާކޮށް އުފުލުމަށް ބޭނުންކުރި އުޅަނދެކެވެ. އެހެންނަމަވެސް 1942 ވަނަ އަހަރު ޖަޕާނު ސަބްމެރިނަކުން ފޮނުވާލި ހަމަލާއެއް ބްރިޓިޝް ލޯޔަލްޓީއަށް އަމާޒުވެ އެ ޓޭންކަރު ވަނީ ފެތިފައެވެ. އަލުން ތެޔޮ ޓޭންކަރުފުން ކުރުމަށްފަހު އިނގިރޭސި ރޯޔަލް އެއާފޯސްގެ ބޭސްއެއް ހަދައިގެން އުޅުނު ރާއްޖޭގެ އައްޑުއަތޮޅަށް ތެޔޮ ރައްކާކުރާ ޓޭންކަރެއްގެ ގޮތުގައި ބޭނުންކުރުމަށް އެ ޓޭންކަރު ވަނީ އައްޑޫއަށް ފޮނުވާލާފައެވެ.

ނަމަވެސް 1943 ވަނަ އަހަރު އަނެއްކާވެސް ސަބްމެރިންއަކުން ދިން ހަމަލާއަކާއި ގުޅިގެންތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ތެޔޮ ޓޭންކަރު މަރާމާތުކުރުމަށް ގިނަ ދުވަސްތަކެއްވެގެން ދިއުމާއި އެކު ފަހުން ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު ބޭނުންކުރީ އައްޑޫގައި އުޅުނު އިނގިރޭސީން، އަމާޒަށް ބަޑިޖަހަން ދަސްކުރަން ބޭނުންކުރާ އަމާޒެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ޖެނުއަރީ 5، 1946 ގައި މި ތެޔޮ ޓޭންކަރުވަނީ ހިތަދޫއާއި މަރަދޫއާ ދެމެދުގެ ސަރަހައްދަކަށް އަޑިއަށް ގޮސްފައެވެ.

ބްރިޓިޝް ލޯޔަލްޓީ އޮންނަ ސަރަޙައްދު މިހާރު ވެފައިވަނީ ޤުދުރަތީ ރީތިކަން އިންތިހާއަށް ދައްކުވައިދޭ ސަރަހައްދެއް

ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު އޮންނަ ސަރަޙައްދު މިހާރު ވެފައިވަނީ ޤުދުރަތީ ރީތިކަން އިންތިހާއަށް ދައްކުވައިދޭ ސަރަހައްދެއްކަމުން މިސަރަހައްދަކީ ހިމާހަތްކޮށްފައިވާ ސަރަހަދެއްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މި ތެޔޮ ޓޭންކަރަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޝިޕްރެކު ކަމަށްވާއިރު، މިއީ ޓޫރިސްޓުންނާއި ގިނަ ދިވެހި ޑައިވަރުންގެ މަގުބޫލު ޑައިވިން ޕޮއިންޓަށްވެސް ވަނީ ވެފައެވެ.

- ކޮމެންޓް