ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 10:31
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ރާއްޖެއެމްވީ
އެމްއެންޔޫގެ ކޯސްތައް
ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި
އޮންލައިން ޕޯރޓަލް portal.mnu.edu.mv މެދުވެރިކޮށް އެޕްލައި ކުރެވޭނެ

2021 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ގައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 21 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.

ޔުނިވަރސިޓީގެ ފުރަތަމަ ޓާމް ކޯސްތަކަށް ވަނުމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯރޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.

ގައުމީ ޔުނިވަރސިޓީން ބުނީ ތަފާތު ދާއިރާތަކަށް 100ށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، އަދި ޖަރނަލިޒަމް ހިމެނެއެވެ. މީގެ އިތުރުންވެސް ޕޮލިޓިކަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް އަދި ބިޒްނަސް އާއި އެކައުންޓިންގ، ސައިކޮލޮޖީގެ އިތުރުން ސިވިލް އެންޖިނިއިރިންގ އަދި އެންވަޔަރަންމަންޓަލް މެނޭޖުމަންޓް ހިމެނެއެވެ.

- ކޮމެންޓް