ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 09:16
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަން
ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް
ގަމުގައި ފެނަކައިން ހިންގި ޕްރޮޖެކްޓަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބުނު - އެމްޑީ ސައީދު
ގާތްގަނޑަކަށް 17،000 މީޓަރުގެ ކޭބަލް އެރަށުގައި ވަނީ ވަޅުލައިފައި
އެއް ނެޓްވަރކަށް ބަދަލުކުރުމުގެ ނަތީޖާއަކީ މަސައްކަތުގެ ފެންވަރު ރަނގަޅުވުން
ގުޅިފައިވާ އަވަށްތަކަށް ހަމަ ކަރަންޓު ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވި

ލ. ގަމަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ފެށި މަޝްރޫއާއެކު އެ ރަށުގެ ތިން އަވަށަށް އެއް ވިއުގައަކުން ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގުނު މަޝްރޫއުއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާކަހަ ދައްކަވަމުން ސައީދު ވިދާޅުވީ އެ މަޝްރޫއު އަކީ މިހާތަނަށް ފެނަކަ ކޯޕަރޭޝަނުން ހިންގި ނެޓްވަރކް އަޕްގްރޭޑިންގގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.

ގާތްގަނޑަކަށް 17،000 މީޓަރުގެ ކޭބަލް އެރަށުގައި ވަޅުލައިފައިވާކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ އެއް ނެޓްވަރކަށް ބަދަލުކުރުމުގެ ނަތީޖާއަކީ މަސައްކަތުގެ ފެންވަރު ރަނގަޅުވެގެން ދިއުން ކަމަށެވެ. އަދި ކުރަން ޖެހޭ ހަރަދުވެސް ބޮޑުތަނުން ކުޑަވެގެން ދާކަމަށް ސައީދު ހާމަކުރެއްވިއެވެ.

މިހާތަނަށް އަޅުގަނޑުމެންނަށް ރެކޯޑު ކުރެވިފައިވާގޮތުން ލ.އަތޮޅުން މިވަގުތު ދުވާލަކަށް 18،000 ރުފިޔާގެ ތެޔޮ ސަލާމަތް ކުރެވޭ އެ ނެޓްވަރކް އެގޮތަށް ބަދަލު ކުރުމުން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

މީގެ އިތުރުން ސައީދު ވިދާޅުވީ ލ.އަތޮޅަކީ ވަރަށް ބޮޑު ތަނަކަށް ވުމާއިއެކު އެއީ ވިޔަފާރިކުރުމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ތަނެއް ކަމަށެވެ. އެހެނަސް ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެތައް ބަޔަކަށް އެ ފުރުސަތު ގެއްލިފައިވާކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ގުޅިފައިވާ އަވަށްތަކުގައި ހިންގުނު މި މަޝްރޫއުގެ ސަބަބުން އިންޑަސްޓްރިއަލް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ މަސައްކަތް ފުރިހަމައަށް ކަރަންޓަށް ބުރޫއެރުމެއްނެތި ކުރެވިގެން ދާނެކަމަށެވެ. އަދި ކަރަންޓުގެ ޒަރިއްޔާއިން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުމަށް ބޭނުންވާ ނިޒާމެއް އެބައޮތް ކަމަށްވެސް ސައީދު ފާހަގަ ކުރެއްވިއެވެ.

ނަތީޖާއަކަށް ވެގެންދާނީ މިފަދަ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެރަށުގައި އިންޑަސްޓްރިއަލލް މަސައްކަތް ފެށުން ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅު މިއަދު ލ.އަތޮޅުގައި ގުޅިފައިވާ އަވަށްތަކަށް ހަމަ ކަރަންޓު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ 2020 ވަނަ އަހަރު ފެނަކައިން ކުރި ވަރަށް ކާމިޔާބު ބޮޑު މަޝްރޫއުއެއްކަމަށް ސައީދު ހާމަކުރެއްވިއެވެ.

- ކޮމެންޓް