ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 07:27
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ
ރައީސް އޮފީސް
މި އަހަރު ރައީސްގެ ފުރަތަމަ ދަތުރުފުޅު ދުބާއީ އަށް
ރައީސްގެ އައު އަހަރުގެ ފުރަތަމަ ދަތުރުފުޅު ދުބާއީ އަށް
ަމިއީ ކޮވިޑް-19 ފެށުނު ފަހުން ރައީސްގެ ފުރަތަމަ ނުރަސްމީ ދަތުރުފުޅު
ރައީސް އަންގާރަ ދުވަހު އެނބުރި ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު "ރާއްޖެ އެމްވީ" އަށް ވިދާޅުވި ގޮތުގައި ރައީސް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައެވެ.

އަދި ރައީސް ވަޑައިގެންނެވީ އައު އަހަރުގެ ދެވަނަ ދުވަހު ކަމަށާއި އަންގާރަ ދުވަހު އެނބުރި ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ މި ފެށުނު 2021 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ދަތުރުފުޅެވެ. ރާއްޖެއިން ކޮވިޑް-19 ފެނި ބޯދަރުތައް ބަންދުކުރި ފަހުން މިއީ ރައީސް ސޯލިހުގެ ފުރަތަމަ ނުރަސްމީ ފަތުރުފުޅެވެ. އޭގެ ފަހުން އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅަކީހޯރަފުށީ އެއާޕޯޓު ހުޅުވުމާއި މާފިލާފުށީގައި އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތަށް އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅެވެ.

- ކޮމެންޓް