ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 22:46
އެއަރ އިންޑިއާގެ މަތިންދާބޯޓެއް
އެއަރ އިންޑިއާގެ މަތިންދާބޯޓެއް
ޓްރެވަލް ޓްރޭޑް ޖަރނަލް
އިންޑިއާގެ ބޯޑަރު ހުޅުވުން ފަސްކުރުން
އިންޑިއާގެ ބޯޑަރު ހުޅުވުމަށް ހަމަޖެހިފައިވާ ތާރީހު ފަސްކޮށްފި
 
ޝެޑިއުލްކޮށް އަންނަ އިންޓަރނޭޝަނަލް ފްލައިޓުތަކަށް އިންޑިއާއަށް ދަތުރުކުރުމަށް ފުރުސަތު ލިބޭނީ އެ ގައުމުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން
 
ސާކިއުލާގެ މުއްދަތު އިތުރުކޮށް ޖެނުއަރީ 31ގެ ނިޔަލަށް އެ ސާކިޔުލާ އަށް އަމަލު ކުރަން ނިންމާފައިވޭ
 
އެގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން ވަނީ އައު ސާކިއުލާއެއް ނެރެފަ

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ބޯޑަރުތައް ހުޅުވައި ޝެޑިއުލްކޮށްގެން އިންޓަރނޭޝަނަލް ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވާ ތާރީހު އަނެއްކާވެސް ފަސް ކޮށްފައިވާކަމަށް އެގައުމުން ބުނެފިއެވެ.

2020 ވަނަ އަހަރުގެ ޖޫން 26ގައި ނެރެފައިވާ ސާކިޔުލާގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ އެގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން ސޮއިކުރައްވައި ނެރުނު އައު ސާކިޔުލާގައިވަނީ ބުނެފައިވަނީ އިންޓަރނޭޝަނަލް ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވާ ތާރީހު އަނެއްކާވެސް ފަސް ކޮށްފައިވާކަމަށެވެ.

އަދި ސާކިއުލާގެ މުއްދަތު އިތުރުކޮށް 2021 ވަނަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް އެ ސާކިޔުލާ އަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް އިންޑިއާއިން ބުނެއެވެ. މީގެ އިތުރުން އެގައުމުން ބުނީ މިއާއެކު ޝެޑިއުލްކޮށް އަންނަ އިންޓަރނޭޝަނަލް ފްލައިޓުތަކަށް އިންޑިއާއަށް ދަތުރުކުރުމަށް ފުރުސަތު ލިބޭނީ އެ ގައުމުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

މި އުސޫލާއިއެކުވެސް އެގައުމަށް ދަތުރުކުރެވޭނީ އިންޑިއާ އާއެކު އެއާ ބަބުލް އެގްރިމެންޓު ހަދާފައިވާ ގައުމުތަކާއި ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ހުއްދަ ދޭ ހާއްސަ ފްލައިޓުތަކަށާއި އިންޓަނޭޝަނަލް ކާގޯ ފްލައިޓުތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
100%
0%
0%
0%
ކޮމެންޓް