ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 15:45
އެގައުމަށް ކޮވިޑްގެ ތިންވަނަ ރާޅު ބިންދާލާފައިވާކަމަށް އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ދާދި ފަހުން ވަނީ ހާމަކޮށްފަ
އެގައުމަށް ކޮވިޑްގެ ތިންވަނަ ރާޅު ބިންދާލާފައިވާކަމަށް އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ދާދި ފަހުން ވަނީ ހާމަކޮށްފަ
އަލްއަރަބިއްޔާ
ކޮރޯނާވައިރަސް އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުން ކޮވިޑް އިމަރޖެންސީ ހޮސްޕިޓަލްތައް އަލުން ބޭނުންކުރަނީ!
 
ޑިސެމްބަރު މަހުގެ ފަހު ދެ ހަފްތާގައި އިނގިރޭސިވިލާތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ ގުނައަށް ވަނީ އިތުރުވެފަ
 
ޕްރައިމަރީ ސްކޫލުތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފަ

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިންތިހާއަށް ގިނަވެފައިވާ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ ކޮވިޑަށް ހާއްސަކޮށް ގާއިމްކުރި އިމަރޖެންސީ ހޮސްޕިޓަލްތައް އަލުން ބޭނުންކުރަން ފަށައިފިއެވެ.

މި ހޮސްޕިޓަލުތައް އަލުން ބޭނުން ކުރަން ނިންމާފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ލަންޑަންގެ ޕްރައިމަރީ ސްކޫލުތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުން ފެނުނު އައު ސްޓްރެއިނާއިއެކު، އެގައުމަށް ކޮވިޑްގެ ތިންވަނަ ރާޅު ބިންދާލާފައިވާކަމަށް އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ އައު ސްޓްރެއިންނާއިއެކު ވައިރަސް ފެތުރެން ފަށާފައިވާ މިންވަރު ވަނީ ކޮންޓްރޯލް ކުރަން އުނދަގޫ މިންވަރަށް އިތުރުވެފައި ކަމަށެވެ. އަދި މިއީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށް މެޓް ވިދާޅުވިއެވެ.

އެގޮތުން ޑިސެމްބަރު މަހުގެ ފަހު ދެ ހަފްތާގައި އިނގިރޭސިވިލާތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ ގުނައަށް އިތުރުފެވައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އިނގިރޭސިވިލާތަށް ކޮވިޑްގެ ދެ ރާޅު ބިންދާލާފައިވާއިރު އެގައުމަށް ކޮވިޑްގެ ފުރަތަމަ ރާޅު ބިންދާލާފައިވަނީ އޭޕްރީލް މަހުން ފެށިގެން މޭ މަހަށެވެ. އަދި ދެވަނަ ރާޅު އޮކްޓޯބަރުން ފެށިގެން ނޮވެމްބަރާއި ހަމައަށް ފެނިފައިވެއެވެ.

ކޮވިޑްގެ ދެވަނަ ރާޅާއިއެކު އެގައުމުން ދުވާލެއްގެ މައްޗަށް 20،000 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި އަދަދު ތިންވަނަ ރާޅާއިއެކު އިތުރުވާނެ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން މި ސްޓްރެއިން ގާތުން ބަލަމުން އަންނައިރު މި ސްޓްރެއިންގެ މައުލޫމާތު މެމްބަރު ގައުމުތަކަށާއި އާންމުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި