ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 06:54
އިޓަލީގެ ރޯމުގެ މަގުތަކުގައި މަރުވެފައިވާ ދޫނިތައް
އިޓަލީގެ ރޯމުގެ މަގުތަކުގައި މަރުވެފައިވާ ދޫނިތައް
ރޮއިޓަރސް
ރޯމްގެ މަގުތަކުން މަރުވެފައިވާ ދޫނިތައް ފެނުން
މަރުވެފައިވާ ދޫނިތަކުން ރޯމްގެ މަގުތައް ފުރާލައިފި
 
މަރުވެފައިވާ ދޫނިތައް އެކި ވައިރަސްތަކަށް އަންނަނީ ޓެސްޓު ކުރަމުން
 
ދޫނިތައް މަރުވި ސަބަބު އަންނަނީ ބަލަމުން

އައު އަހަރު ފާހަގަ ކުރުމަށް އެރުވި ހަވާގެ ސަބަބުން މަރުވި ދޫނިތަކުން އިޓަލީގެ ރޯމް ފުރާލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ކުލަ ގަދަ ގޮތެއްގައި އައު އަހަރު ފާހަގަކުރިއިރު، ބުރާސްފަތި ދުވަހުގެރޭ ރޯމްގެ މަގުތަކުން އެތަށް ސަތޭކަ މަރުވެފައިވާ ދޫނި ވަނީ ފެނިފައެވެ.

އިޓަލީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ ރޯމްގެ މަގުތަކުން ފެނުނު ދޫނިތައް މަރުވާން ދިމާވި ސަބަބެއް ކަމަށް ބެލެވިފައިވަނީ، އައު އަހަރު ފާހަގަ ކުރުމަށް އެރުވި ހަވާ އާއި ގުޅިގެން ކަމަށާއި، އެހެން ނަމަވެސް ދޫނިތައް މަރުވި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި ދޫނިތައް އެކި ވައިރަސްތަކަށް ޓެސްޓު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ދޫނިތައް އެކި ވައިރަހަށް ޓެސްޓު ކުރަމުން އަންނަނީ، މަރުވި ސަބަބު ދެނެގަތުމަށާއި، މިއީ ނުރައްކާތެރި ވައިރަސްއެއްގެ ސަބަބުން މަރުވި މަރުވުމަކަށް ވެދާނެތީ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެ ވެސް އައު އަހަރު އިޓަލީއިން އަންނަނީ ކުލަ ގަދަކޮށް ފާހަގަ ކުރަމުންނެވެ. އެއާއިއެކު އެގައުމުގެ ބައެއް ސިޓީތަކުން ޖަނަވާރު ފަދަ ތަކެތި މަރުވެފައިވާކަން ކޮންމެ އަހަރަކުވެސް ރިޕޯޓް ކުރެއެވެ. އެކަމަކު މިއީ އެއް ފަހަރާ މިހާ ބައިވަރު ދޫނި މަރުވި ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
17%
6%
28%
39%
11%
0%
ކޮމެންޓް