ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 22:48
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ރާއްޖެއެމްވީ
ކަރަންޓީންވުމުގެ އުސޫލު
ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ރާއްޖޭގެ ޔުނިވަރސިޓީތަކަށް ކިޔަވަންދާނަމަ ކަރަންޓީންވާން ޖެހޭނެ: އެޗްޕީއޭ
ރާއްޖެ އެތެރެވާއިރު 96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ޖެންނަން ޖެހޭ
އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާ ފިޔަވަޅުތަކެއް
އެފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ޔުނިވަރސިޓީތަކަށް ކިޔަވަން ދާ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންވާން ޖެހޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ދިވެހި ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޖެނުއަރީ 4 ވަނަ ދުވަހުން ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކަށް ކިޔަވަން ދާ ދަރިވަރުން ރާއްޖެއިން ބޭރުން އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހަށްފަހު ހަދާ ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ. މީގެ އިތުރުން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ޖެންނަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އެފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ. އަދި މިއުސޫލުތައް ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުންއަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް