ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 19:10
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
އެޑިޝަން.އެމްވީ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް!
އެ ހޮސްޕިޓަލުން ބުނީ މިއާއެކު ކިޑްނީ ބަލިތަކަށް މީހުންނަށް ފަރުވާ ދިނުމުގައި އިތުރު ކުރިއެރުން ލިބޭނެ ކަމަށް
ޑަޔަލިސިސް ހަދާ މީހުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނޭ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މުޅިން އަލަށް ކިޑްނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ހިދުމަތް ދޭން ފަށާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިއާއެކު ކިޑްނީ ބަލިތަކަށް މީހުންނަށް ފަރުވާ ދިނުމުގައި އިތުރު ކުރިއެރުންލިބި، ޑަޔަލިސިސް ހަދާ މީހުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޚީ ނިޒާމު ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނައިރު ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒުކުރުން ކަމަށާއި މި ސިޔާސަތުގެ ދަށުން މިވަގުތު އިސްކަމެއްދެއްވަނީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކަމަށެވެ.

އަދި މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ސިއްހީ ނިޒާމު ލާމަރުކަޒުކުރުން ކަމަށާއި އެ ބަދަލުތައް މިހާރުވެސް ފެންނަމުން ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅުތަކާއި އެކު ސިއްހީ ފަރުވާހޯދުމަށް މާލެއަށް އަންނަން މިހާރު ވަރަށް ދަތިކަމަށާއި މިދަނޑިވަޅުގައި އަތޮޅުތަކުގެ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ބޭނުން ރައްޔިތުން ހިފަމުން އަންނަތަން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެހިދުމަތްތައް ތަރައްގީކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް