ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 19:12
2019 ވަނަ އަހަރު ރައީސް ސޯލިހް \"ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް\" އެވޯޑް ގައި ބައިވެރިވުން
2019 ވަނަ އަހަރު ރައީސް ސޯލިހް "ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް" އެވޯޑް ގައި ބައިވެރިވުން
ރައީސް އޮފީސް
ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް
ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒްގެ 2022 ވަނަ އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މިއީ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެކަންކަން ފާހަގަކުރުމަށް ދޭ އިނާމެއް
މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު 06 މޭ 2021 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވޭ

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ކޮންމެ އަހަރަކު ދެމުންދާ 'ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް' ގެ 2022 ވަނަ އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ކޮންމެ އަހަރަކު ދެމުންދާ 'ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް'ގެ 2022 ވަނަ އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި އިނާމަކީ 2008 ވަނަ އަހަރު ތައާރަފުކޮށް މައިގަނޑު 5 ދާއިރާއިން (ޞިއްޙީ، ކާބޯތަކެތި، ހަކަތަ، ފެން އަދި މަތީ ސާނަވީ މަދަރުސާތައް) އެ ދާއިރާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްއެކި ފަރާތްތަކުން ކޮށްފައިވާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެކަންކަން ފާހަގަކުރުމަށް ދެމުންދާ އިނާމެކެވެ.

މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު 06 މޭ 2021 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް 'ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް' ގެ ފަރާތުން ވަނީ އަންގަވާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއިނާމާ ބެހޭ އިތުރު މައުލޫމާތު 'ސްޓޭކްހޯލްޑަރ ޕެކް'ގެ އިތުރުންwww.zayedsustainabilityprize.comވެބްސައިޓުން ލިބޭނެ އެވެ.

- ކޮމެންޓް