ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 19:13
ކަނބާ އައިސާ ރަނި ހިނގުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިޔަށްދާ މަސައްކަތުގެ ތެރެއިން - ރާއްޖެއެމްވީ
ކަނބާ އައިސާ ރަނި ހިނގުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިޔަށްދާ މަސައްކަތުގެ ތެރެއިން - ރާއްޖެއެމްވީ
ރާއްޖެއެމްވީ
މަގު ހެދުމުގެ މަޝްރޫއު
ކަނބާ އައިސާ ރަނި ހިނގުމުގެ އުތުރު ކޮޅުގެ މަސައްކަތް ނިންމައި ހުޅުވައިފި
މަގު ހުޅުވީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން ބައިވެރިވެ މަގުގައި ބޭއްވި ހިނގާލުމަކުން
މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ ރައީސް ޞާލިހު
މަގުގެ މިބައިގެ ހޮޅިދަނޑިތަށްވެސް ވަނީ ބަދަލުކުރެވިފަ

މާލޭގެ މަގުތަށް ރަނގަޅު ފެންވަރަށް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް ފުރަތަމަ ބައިގައި ހިމެނޭ މާފަންނު ކަނބާ އައިސާ ރަނި ހިނގުމުގެ މަޖީދީ މަގުން އުތުރަށް އޮތް ބައިގެ މަސައްކަތް ނިންމައި އެމަގު ހުޅުވައިފިއެވެ.

މާލޭ ސީޓިގެ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވާދެއްވީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގައި އައު އަހަރާ ދިމާކޮށް ފާހަގަކުރާ ފައިމަގު ހިނގުމުގެ ވަގުތު ފާހަގަކުރަމުން ހުކުރު ދުވަހު ހަވީރު މި މަގު ހުޅުވީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނެވެ. މަގު ހުޅުވީ އެ ރައްޔިތުންގެ ފަރާތުން ބައެއް ރައްޔިތުން ބައިވެރިވެ މަގުގައި ބޭއްވި ހިނގާލުމަކުންނެވެ. މި ހިނގާލުމުގައި މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގުދާއިރާގެ މެމްބަރ މުޙައްމަދު ފަލާހްބައިވެރިވެވަޑައިގެންނެވިއެވެ.

މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ކަނބާ އައިސާ ރަނި ހިނގުން ހަދާފައިވަނީ ދުއްވާ އެއްޗިއްސާއި ހިނގާ މީހުނަށް ފަސޭހަވާނެ ގޮތެއްގެ މަތިންނެވެ. އަދި ހިތްފަސޭހަކަން ގެނެސްދިނުމަށް ގަސްއިންދާފައިވާ ގަސްމުށިތަށް އަރިމަތީގައި ބެހެއްޓިފައިވެއެވެ. މީގެ އިތުރުން ވާރޭވެހެމުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަށްވެސް މިމަސައްކަތުގެ ސަބަބުން ވަނީ ހައްލު ލިބިގެންގޮސްފައެވެ. އަދި އެކިއެކި ބޭނުމަށް މަގު ކޮނުމުގައި މަގުގެ މެދުން ނުކޮނެ އަރިމަތިން ކޮނެގެން ހަމަޖެއްސޭފަދަ ފަރުމާއެއް ގެނވިފައިވެއެވެ.

މި މަގާއި ގުޅިފައިވާ ސަރަޙައްދުތަކުގައި އެއްގަމު އުޅަނދު ޕާކުރުމަށް ޚާއްޞަ ސަރަޙައްދުތަށް ހަދައި، މަގުގައި މުދާ އަރުވާ ބޭލުމަށާއި ޓެކްސީ ހޯދުމަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅިފައިވެއެވެ. އަދި މަގުގެ މިބައިގެ ހޮޅިދަނޑިތަށްވެސް ވަނީ ބަދަލުކުރެވިފައެވެ.

ކަނބާ އައިސާ ރަނި ހިނގުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިޔަށްދާ މަސައްކަތުގެ ތެރެއިން - ރާއްޖެއެމްވީ

ދިވެހި ސަރުކާރުން ޚަރަދުކުރައްވައިގެން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހިންގާ މާލޭ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ހުރިހާ އުމުރުފުރާއެއްގެ މީހުނަށް ފަސޭހަކަމާއެކު އުޅެވޭނެ ރައްކާތެރި މަގުތަކަށް ހެދުމާއި، ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއް ހޯދާދިނުމާއި، މަގުތަކުގައި ފެންބޮޑުވުން ހުއްޓުވައި، އަބަދު މަގުތައް ކޮނެފައި އޮންނަ އޮތުމަށް ނިމުމެއް ގެނައުމާއި، ހުރިހާ މަގެއްގައިވެސް ދެފަރާތުގައި ގޭގެއިން ނުކުމެ ވަދެލާ އުޅޭފަދަ ޕޭވްމަންޓެއް ޤާއިމްވެފައި އޮތުމާއި، އާންމު ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް މަގުތަކުގެ ތޮއްޖެހުން ހުއްޓުވައި، މަގުތަކުގައި ޕާކިންގްގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް ޕާކިންގް ބިލްޑިންގްތައް ޤާއިމްކުރުމުގެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުމުގެ ބޭނުމުގައި ހިންގާ މަޝްރޫޢުއެކެވެ.

ދެ އަހަރާއި ބައިގެ މުއްދަތަށް ހިންގާ މަޝްރޫއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ޚަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ. އަދި މި މަޝްރޫއުގެ ދަށުން 5 ވައްތަރެއްގެ މަގުތައް ތަރައްޤީކުރާއިރު ޖުމްލަ 18.08 ކިލޯމީޓަރުގެ މަގު މާލޭގެ އެކި ސަރަޙައްދުތަކުން ހެދޭނެއެވެ. މިހާރު ފެށިގެން މިދަނީ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓެވެ. މި ސެގްމެންޓްގެ ދަށުން 1.94 ކިލޯމީޓަރުގެ މަގުހެދުމަށްވަނީ ހަމަޖެހިފައެވެ. އެއީ މި ސަރަޙައްދުގެ 8 މަގެކެވެ. އަދި މި ސެގްމެންޓްގެ މަސައްކަތަށް 50 މިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ހޭދަވާނެއެވެ.

މަގުތަކަށް ގެނެވޭ ބަދަލުގައި މާލޭގެ ފެންބޮޑުވުމަށް ހައްލު ގެނައުމާއި، އިމާރާތްކުރުމުގެ ޑީވޯޓަރިންގް މައްސަލައަށް ހައްލުގެނައުމާއި، އެކި އެކިބޭނުންތަކަށް މަގު ކޮންނަކޮނުމުގައި މަގުތައް ނުކޮނެ ޕޭވްމަންޓާ ހިސާބުން އެކަންކަން ހަމަޖެއްސޭގޮތަށް ވަނީ ފަރުމާކުރެވިފައެވެ. ހަމައެއާއެކުއަލިފާންނިއްވުމަށް ބޭނުންވާ ފަޔަރ ހައިޑްރަންޓްތަކާއި، މަގުތަކަށް އެކަށޭނަ ހޮޅިދަނޑިތަކާއި، އަދި ކެމެރާ ސިސްޓަމް ހަރުކުރުންވެސްމަޝްރޫޢުގައި ހިމެނެއެވެ.މަޝްރޫޢުގެމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންޓްރެކްޓް އުސޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެނެވެ.ފަރުމާގެތެރެއިން ވެލިމަގު ހުޅުވައި ވެސްޓް ޕާކް ސަރަޙައްދުގައި ޕާކަކާއި ޖިމްއެއްވެސް ވަނީ ތަރައްޤީކުރެވިފައެވެ.

- ކޮމެންޓް
2 ޖެނުއަރީ 2021 | ހޮނިހިރު 23:57
ކެކެކެ
ކުރީ ސަރުކާރު ކުރީ ސަރުކާރު! ޝުކުރިއްޔާ ރައީސް ޔާމީން!