ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 09:54
އެންމެ ފުރަތަމަ ހިދުމަތްދޭން ފަށާފައި ވަނީ ސިފައިގެން ލޯންޗު ސެކްޗަންގެ ނަމުގަ
އެންމެ ފުރަތަމަ ހިދުމަތްދޭން ފަށާފައި ވަނީ ސިފައިގެން ލޯންޗު ސެކްޗަންގެ ނަމުގަ
އެމްއެންޑީއެފް
ކޯސްޓް ގާޑަށް 41 އަހަރު
ދިވެހި ކޯސްޓްގާޑަށް 41 އަހަރު!
އެމްއެންޑީއެފް އިން ކޯސްޓްގާޑުގެ ހިދުމަތް ފަށައިފައިވަނީ 1980 ވަނަ އަހަރުގައި
ދިދަ ނެގުމުގެ އިތުރަށް ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައި

ދިވެހިރާއްޖޭގެ ކޯސްޓުގާޑަށް 41 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލެ ޖެޓީ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިސްބޭފުޅުންނާއި އެކި ރޭންކުތަކުގެ ގިނަ ސިފައިން ބައިވެރިވެފައި ވެއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި ކޯސްޓްގާޑަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ އިތުރަށް ވެސް ގިނަ ހަރަކާތްތަކެއް ރާވާފައި ވެއެވެ. އެމްއެންޑީއެފް އިން ހަރަކާތްތައް އިންތިޒާމުކުރުމުގައި އިޖްތިމާއީ ކަންކަމަށް އިސްކަންދީފައިވާ ކަމަށް ވެސް ބުންޏެވެ. އެގޮތުން ހުޅުމާލެ ފަޅު ސާފުކުރުމުގާއި، އެމްއެންޑީއެފް މިލިޓަރީ ހޮސްޕިޓަލް ސެނެހިޔާ އާއި ކޯސްޓްގާޑުން ގުޅިގެން ކ. ގާފަރުގައި މެޑިކަލް ކޭމްޕެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

އެމްއެންޑީއެފް އިން ކޯސްޓްގާޑުގެ ހިދުމަތް ފަށައިފައިވަނީ 1980 ވަނަ އަހަރުގަ އެވެ. އެންމެ ފުރަތަމަ ހިދުމަތްދޭން ފަށާފައި ވަނީ ސިފައިގެން ލޯންޗު ސެކްޝަންގެ ނަމުގަ އެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކޯސްޓް ގާޑުގެ ހިދުމަތް ފަށާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޑް އިންޖީނު އެޅި ތިން ލޯންޗުގަ އެވެ.

ކޯސްޓްގާޑު ހިދުމަތަށް 41 އަހަރު ފުރުނި އިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޯސްޓްގާޑުން ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދާފައި ވެއެވެ. އެގޮތުން ކޯސްޓްގާޑަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އިންސާނީ ވަސީލަތާއި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ހޯދުމާއި ކޯސްޓްގާޑުގެ ފްލީޓް ބޮޑުކޮށް ހިދުމަތް ފުޅާކުރުމުގައި ލިބިފައިވާ ކާމިޔާބީ ކަން އެމްއެންޑީއެފުން ފާހަގަކުރެ އެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި ކޯސްޓްގާޑުގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް މީހުން ތަމްރީންކޮށް ގައުމީ ފެންވަރުގެ ސަނަދުތައް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރަށް ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ޑައިވް ކޯސްތަކާއި ކަނޑުމަތީގެ ރައްކާތެރިކަމުގެ އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތައް ވެސް ކުރިއަށްގެންދާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް 41 އަހަރު ފުރުނު އިރު ސަރުކާރުން ވެސް ކޯސްޓްގާޑުގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެމްއެންޑީއެފް އިން އެކަމަށް ޝުކުރު އަދާކޮށްފައި ވެއެވެ.

- ކޮމެންޓް