ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 08:39
ކޯސްޓް ގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް
ކޯސްޓް ގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް
ރާއްޖެއެމްވީ
2020 ވަނަ އަހަރު ކޯސްޓްގާޑުގެ މަސައްކަތްތައް
2020 ވަނަ އަހަރަކީ ކަނޑުގެ ސަރަހައްދު ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވުނު އަހަރެއް- ކާނަލް ސަލީމް
ކަނޑުގެ ސަަރަހައްދު މޮނިޓާ ކުރުމަށް އެކިއެކި ވަސީލަތްތައް ގާއިމްވެގެން ދިއަކަމަށް ކާނަލް ސަލީމް ފާހަގަ ކުރެއްވި
ސީ އެމްބިއުލާންސްގެ ހިދުމަތް ވަރަށް ފުޅާ ދާއިރާއެއްގައި ދެވިގެން ދިއަކަމަށް ކާނަލް ސަލީމް ހާމަކުރެއްވި

އެހެން އަހަރުތަކާއި އަޅާބަލާއިރު 2020 ވަނަ އަހަރަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެންމެ ރަނގަޅަށް މޮނިޓަރ ކުރެވިގެން ދިޔަ އަހަރުކަމަށް ކޯސްޓް ގާޑުގެ ކޮމާންޑް ކާނަލް މުހައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަ ދައްކަމަވުން ކާނަލް ސަލީމް ވިދާޅުވީ 2020 ވަނަ އަހަރަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުމަށް ކުރެވިގެންދިޔަ މަސައްކަތް ކަމަށެވެ.

އެގޮތުން އެކަމަށްޓަކާއި އެކިއެކި ވަސީލަތްތައް ގާއިމްވެގެން ދިއަކަމަށް ކާނަލް ސަލީމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ މީހުންނަށް ލިބޭ އެކިއެކި ގެއްލުންތަށް ރިޕޯޓު ކުރުމުން މެޑިކަލް އިވެލުއޭޝަން ހަދާދީފައިވާނެ ކަމަށްވެސް ކާނަލް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސީ އެމްބިއުލާންސްގެ ހިދުމަތް ވަރަށް ފުޅާ ދާއިރާއެއްގައި ދެވިގެން ދިއަކަމަށް ކާނަލް ސަލީމް ހާމަކުރެއްވިއެވެ. އަދި އެއަރ އިވެކުއޭޝަންތައްވެސް ވަރަށް ހަރުދަނާ ގޮތެއްގައި ހިންގާ އޮޕަރޭޓް ކުރެވިގެން ދިއަކަން ފާހަގަ ކުރައްވަމުން ކާނަލް ސަލީމް ވިދާޅުވީ ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ މަސައްކަތްތަކެއް ކުރެވިގެން ދިއަކަމަށެވެ.

ކޯސްޓް ގާޑަށް 41 އަހަރުވުން ފާހަގަ ކުރަމުންދާއިރު ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޯސްޓް ގާޑުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް