ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 05:03
އޭސީސީގެ މެމްބަރުކަމުގައި މިހާރު ތިއްބެވި އެކޮމިޝަނުގެ މެމްބަރުންނަށް މެމްބަރުކަމުގެ ލިޔުން ހަވާލުކުރެއްވި ދުވަހު އެކޮމިޝަނުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާ މަޝަވަރާކޮށްލައްވަނީ
އޭސީސީގެ މެމްބަރުކަމުގައި މިހާރު ތިއްބެވި އެކޮމިޝަނުގެ މެމްބަރުންނަށް މެމްބަރުކަމުގެ ލިޔުން ހަވާލުކުރެއްވި ދުވަހު އެކޮމިޝަނުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާ މަޝަވަރާކޮށްލައްވަނީ
ރައީސް އޮފީސް
ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމު ހަރުދަނާކުރުން
ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމާގުޅޭ ދިރާސާ ރިޕޯޓެއް އޭސީސީން އާންމުކޮށްފި
އެ ދިރާސާ ރިޕޯޓްގެ މައިގަނޑު މަގުސަދަކީ ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ ހަރަދުކުރާގޮތް މޮނީޓަރކޮށް ޖަވާބުދާރީކުރުން
ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމު ހަރުދަނާކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދީފައިވޭ

ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމާގުޅޭ ދިރާސާ ރިޕޯޓެއް ތައްޔާރުކޮށް، އެރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އާންމުކޮށްފިއެވެ.

އޭސީސީން ބުނެފައިވާގޮތުގައި، އެ ދިރާސާ ރިޕޯޓްގެ މައިގަނޑު މަގުސަދަކީ ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ ހަރަދުކުރާގޮތް މޮނީޓަރކޮށް ޖަވާބުދާރީކުރުމަށާއި ދެފުއްފެންނަގޮތަށް ކަންކަންކުރުމަށް ބާރުއެޅުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ދެނެގަނެ، އެކަންކަމުގައި ކޮރަޕްޝަނަށް އޮތް ހުރަސްތައް ދެނެގަތުމަށާއި، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުންކަމަށެވެ.

އޭސީސީން ބުނީ، ދިރާސާއަށް މައުލޫމާތު ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމާގުޅޭގޮތުން ލިބެންހުރި ލިޔެކިޔުންތައް މުރާޖައާކުރުމުގެ އިތުރުން، ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަންގެ ކަމާބެހޭ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާކަމަށެވެ.

އެގޮތުން، މި ދިރާސާގެ ނަތީޖާގައި ސިޔާސީ ޕާޓީތަކަށް ފައިސާއާއި ތަކެތި މިންވަރު ލިމިޓްކުރެވިފައިނުވުމާއި، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރުން ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދުކުރާނެގޮތުގެ ހަރުދަނާ އުސޫލްތައް ކަނޑައެޅިފައިނުވާތީ، އެކަންކަ އިސްލާހުކޮށް، އޭސީސީން ދޭ ލަފަޔާއި އިރުޝާދު އެ ރިޕޯޓްގައި ހިމެނޭނެ ކަމަށެވެ. އަދި މީގެއިތުރުން، ބައެއް ޕާޓީތަކުން މާލީ ރިޕޯޓްތައް ހުށަހަޅަމުން ނުދިއުމާއި މާލީ މުއާމަލާތްތަކުގެ ހާމަކަމާއި ދެފުއްފެންނަ މިންވަރު ކުޑަކަން އަދި އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ހުރި ގޮތްޖެހުންތަކަށް އަލިއަޅުވާލާފައިވާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

- ކޮމެންޓް