ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 05:01
ގއ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ
ގއ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި 24 ގަޑީއިރު، ރާއްޖެއިން ޕޮޒިޓިވްވީ 19 މީހުން
2،455 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު، މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 19 ސާމްޕަލް
މިވަގުތު 561 މީހަކު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ
ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުން އަންނަނީ 27 މީހުންނަށް

ފާއިތުވި 24 ގަޑީއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 19 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމު ކުރަމުންދާ ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ބުރާސްފަތި ދުވަހުގެ ރޭ 18:00 އަށް 2،455 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 19 ސާމްޕަލް ކަމަށެވެ.

އެޗްޕީއޭއިން ބުނީ އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި މާލޭ ސަރަހައްދުން 14 މީހުން އަދި ރިސޯޓުތަކުން 5 މީހުން ހިމެނޭ ކަމަށެވެ.

ރާއްޖެއިން ވަނީ މިހާތަނަށް މި ބައްޔަށް ޖުމްލަ 13،757 މީހުން ޕޮޒިޓިވުވެފައެވެ. މީގެތެރެއިން 13،141 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު 561 މީހަކު ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުން އަންނަނީ 27 މީހުންނަށް ކަމަށެވެ.

- ކޮމެންޓް