ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 04:56
ފޮރިން މިނިސްޓްރީ އިމާރާތް، މަރާމާތައް ފަހު މިނިސްޓްރީގެ ރަމްޒީ ތަޅުދަނޑި ސަރުކާރާއި ވަނީ ހަވާލުކޮށްފައި
ފޮރިން މިނިސްޓްރީ އިމާރާތް، މަރާމާތައް ފަހު މިނިސްޓްރީގެ ރަމްޒީ ތަޅުދަނޑި ސަރުކާރާއި ވަނީ ހަވާލުކޮށްފައި
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީގެ އިމާރާތް
ފޮރިންގ މިނިސްޓްރީ އިމާރާތުގެ މަސައްކަތް ނިންމާލައިފި
މަސައްކަތް ވަގުތައް ނިންމައިދެއްވީތީ ވަޒީރު ވަނީ ޗައިނާ ސަރުކާރުގެ އިތުރުން ޝަންހާއީ ކޮންސްޓްރަކްޝަންއަށް ޝުކުރުއަދާ ކޮށްފައި
މިއީ ޗައިނާގެ އެހީގައި ކުރިޔަށް ގެންދިޔަ މަސައްކަތެއް

މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒްގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމައި، މަސައްކަތް ކުރި ކުންފުނިން އެތަނުގެ ތަޅުދަނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ފޮރިންގ މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ.

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތް މިހާ ފުރިހަމަކޮށް ނިންމަން ކަނޑައެޅި ތާރީހަށް ނިންމައިދެއްވީތީ ޗައިނާ ސަރުކާރަށާއި ޝަންހާއީ ކޮންސްޓްރަކްޝަން ކުންފުންޏަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޗައިނާއާއި ދިވެހި ސަރުކާރާއި އޮތް ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މިމަސައްކަތުގައި، މިނިސްޓްރީ މަރާމާތު ކުރުމުގެ މަސައްކަތްކުރީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.

- ކޮމެންޓް