ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 18:56
ހުޅުމާލޭގައި ކާރު އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ހުޅުމާލޭގައި ކާރު އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޕޮލިސް
ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވުން
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓް ވެެއްޖެ
ކާރު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް
ކާރު ދުއްވަން އިން މީހާއަކީ އީ ކެޓަގަރީގެ ލައިސެންސް ނެތް މީހެއް

ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގާ ދިމާލުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ހޮޅި ދަނޑިއެއްގައި ޖެހި ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރު ހޮޅި ދަނޑިއެއްގައި ޖެހި ކޮންޓްރޯލުންނެއްޓި ގޮސް ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެހިފައިވާ ކަމަށާއި، މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:38 ހާއިރުކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށާއި، އެކަމަކު ދެ ކާރަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުވިއިރު ކާރު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަކީ އީ ކެޓަގަރީގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

- ކޮމެންޓް