ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 00:43
އިސްމާއިލް ފިރާގް، އިސްމާއިލް ފިރާގަކީ ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް
އިސްމާއިލް ފިރާގް، އިސްމާއިލް ފިރާގަކީ ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް
ސޯޝަލް މީޑިއާ
އިސްމާއިލް ފިރާގް އަވަހާރަވުން
ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އިސްމާއިލް ފިރާގް އަވަހާރަވެއްޖެ
އިސްމާއިލް ފިރާގް އަވަހާރަވީ މިރޭގެ ވަގުތެއްގައި

ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މއ. ދޭދަރުގެ، އިސްމާއިލް ފިރާގް އަވަހާރަވެއްޖެއެވެ.

އިސްމާއިލް ފިރާގް އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ބުދަ ދުވަހުގެރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ.

އިސްމާއިލް ފިރާގަކީ ކުރީގެ އެޓޯލް މިނިސްޓްރީ އާއި ޕްލޭނިންގ މިނިސްޓްރީ އަދި ޓްއަރިޒަމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

އިސްމާއިލް ފިރާގަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސިޑެންޓަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު ސޯލިހްގެ ފިރިކަލުންނެއެވެ. އަދި އިސްމާއިލް ފިރާގަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ޅިޔަން ބޭފުޅެއްވެސް މެއެވެ.

ނޯޓް:ރާއްޖެ.އެމްވީއިން އެދެނީ އިސްމާއިލް ފިރާގަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މާތްﷲ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުމަށެވެ.

- ކޮމެންޓް
31 ޑިސެންބަރ 2020 | ބުރާސްފަތި 07:31
ފާތުމާސޯލިހުގެ ފިރިކަލެއްކަން އެގޭނަމަ އެގޭނެ ރައިސުލް ޖުމްހޫރިއްޔާގެ ލިޔަން ބޭފުޅެއްކަން .