ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 00:01
ލ. މާވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލުން
ލ. މާވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލުން
އެމްޓީސީސީ
ރަށްތަކުގެ ބަނދަރުގެ މަސައްކަތް
ލ މާވަށު ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލައިފި
މާވަށު ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލައިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު
ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 12 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ލ. މާވަށުގައި ސަރުކާރުން ތަރައްގީކުރި ބަނދަރުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ބެލުމުގެ ދަށުން ހަދާފައިވާ މާވަށު ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލައިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

ފާއިތުވި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު ފެށި މި މަޝްރޫއަށް ސަރުކާރުން ވަނީ 27.3 ރުފިޔާ ހަރަދުކޮށްފައެވެ.

މާވަށު ބަނދަރުގެ މަސައްކަތުގެ އިތުރުން ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 12 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 56.3 މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ މިހިނގާ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ.

- ކޮމެންޓް
31 ޑިސެންބަރ 2020 | ބުރާސްފަތި 08:54
ގުއިއްޒު
މާވަށު އަޒީމެން ޔަގް އަށް ސަޖިދަ ޖަހާ ޖަހާ 7 އަހަރު ދުއްވާލި އިރުވެސް މިވަރުކަމެއް ނުކުރެވުނު. އެކަމަކު އެއްމެ މުއްސަނދިންގެ ފްލެޓް ލިބުނުތާ ދޯ. ރައްޔަތުންގެ މަގާމުގައި ތިބެގެން ހޯދީ އަމިއްލަ ފައިދާކަން މިއިން އިނގެނީ.