އަންނަ އަހަރު ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ 2021 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ.
2021 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް، ކޯޓުގައި:
ރަސްމީގަޑި
- ހެނދުނު: 08:30ން 11:30ށް
- މެންދުރުފަހު: 13:00ން 13:45ށް
ނުރަސްމީގަޑި
- 16:00ން 21:30ށް
ކޯޓުން ބޭރުގައި:
* 2021 އޭޕްރީލް 13 އިން 2021 މެއި 19 އަށް
- ރޭގަނޑު 21:45ން 22:45ށް
* 2021 ޖުލައި 16ން 2021 ޖުލައި 27ށް
- ރޭގަނޑު 20:00ން 21:30ށް
* އެހެން ހުރިހާ ދުވަހެއްގެ
- 16:00ން 21:30ށް
އަންނަ އަހަރު ކޯޓުގައި އަދި ކޯޓުން ބޭރުގައި ހުރިހާ ދުވަހެއްގައި ވެސް ކައިވެނި ކޮށްދޭނެކަން ފެމިލީ ކޯޓުން ހާމަކޮށްފައިވާއިރު، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނި ކުރުމާއި ކޯޓުން ބޭރުގައި ކައިވެނި ކޮށް ދިނުން ހުއްޓާލިއެވެ. އަދި މިދިޔަ ދުވަސްތަކުގައި ކައިވެނިކޮށް ދެމުން ގެންދިޔައީ އޮންލައިން ކޮށެވެ.
ކޮވިޑް-19ގެ ކޭސްތައް މަދުވުމާއި ގުޅިގެން ކޯޓުގައި ކައިވެނިކޮށްދޭން ފަށާފައިވަނީ 1 ޑިސެންބަރުން ފެށިގެންނެވެ.