ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 22:11
ތާޖު އެގްޒޯޓިކާ ރިސޯޓު
ތާޖު އެގްޒޯޓިކާ ރިސޯޓު
މޫދު.ކޮމް
ތާޖު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ތާޖު އެގްޒޯޓިކާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރިސޯޓުގެ އިންޖީނުގޭގައި

ތާޖު އެގްޒޯޓިކާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރިސޯޓުގެ އިންޖީނުގޭގައި ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއަލިފާނުގެ ހާދިސާ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއްނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިއު އެ ރިސޯޓަށް ދިޔައިރު، ރިސޯޓްގެ ފަޔަރ ޓީމުން ވަނީ އަލިފާން ނިވާލާފައި ކަމަށެވެ. އަދި އެރަށުން ވަނީ ކަރަންޓް ކެނޑިފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

- ކޮމެންޓް