ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 18:04
ހެންވޭރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބްރާންޗް
ހެންވޭރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބްރާންޗް
ބީއެމްއެލް އޮޑިޓް ކުރުން
އޮޑިޓް ކުރުމަށް ބުރާސްފަތި ދުވަހުން ފެށިގެން ބީއެމްއެލް ބަންދު
ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތެއް 24 ގަޑިއިރު ލިބޭނެ
އޭޓީއެމްތަކުން ހޯދާ ޚިދުމަތްތައް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެ

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ޖެނުއަރީ ތިންވަނަ ދުވަހާއި ހަމައަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮންމެ އަހަރަކުވެސް ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް އަހަރު ނިމުމާ ދިމާކޮށް ބޭންކުތަކުގެ ހިދުމަތް މެދުކަނޑާލަ އެވެ. މިއަހަރުގެ އެންމެފަހު ދުވަހަކީ ބުރާސްފަތި ދުވަހަށްވުމާއެކު ވިދިގެން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުވެސް ބޭންކް ބަންދުވާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

އޮޑިޓް ކުރުމަށް ބޭންކްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ބަންދުކުރި ނަމަވެސް، ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތެއް 24 ގަޑިއިރު ދެމުންގެންދާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ. އަދި އޭޓީއެމްތަކުން ހޯދާ ޚިދުމަތްތައް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެކަމަށްވެސް ބީއެމްއެލްއިން މައުލުމާތުދެއެވެ.

ހަމައެއާއެކު ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އަށް ގުޅައިގެން ބީއެމްއެލްއާ މުއާމަލާތު ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

- ކޮމެންޓް