ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 07:22
ސީރޯ ސްޕާގައި ހަރުފަ މަސާޖް ކުރަމުން އަންނަނިކޮށް
ސީރޯ ސްޕާގައި ހަރުފަ މަސާޖް ކުރަމުން އަންނަނިކޮށް
ރޮއިޓަރސް
ހަރުފަ މަސާޖް
އިޖިޕްޓުގެ މަސާޖު ޕާލާއަކުން ހަރުފަ މަސާޖް ދޭން ފަށައިފި
 
މިއީ ހަރަދު ކުޑަ މަސާޖެއް
 
ހަރުފަ މަސާޖް ދެމުން އަންނަނީ މަސްގަނޑަށް ތަދުވެ، ހުޅުހުޅުގައި ރިއްސާ ފަރާތްތަކަށް ހާއްސަކޮށް

މިސްރުގެ ސީރޯ ސްޕާއިން ހަރުފަ މަސާޖް ދޭން ފަށައިފިއެވެ.

ސީރޯ ސްޕާއިން ބުނީ ހަރުފަ މަސާޖް ދެމުން އަންނަނީ މަސްގަނޑަށް ތަދުވެ، ހުޅުހުޅުގައި ރިއްސާ ފަރާތްތަކަށް ހާއްސަކޮށްގެން ކަމަށެވެ. އަދި މި މަސާޖަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް އެ ސްޕާއިން ބުނެއެވެ.

މީގެ އިތުރުން ސީރޯ ސްޕާއިން ބުނީ ހަރުފަ މަސާޖްގެ ސަބަބުން ގިނަ ބަޔަކު ވަނީ ބަލިން ފަސޭހަވެފައި ކަމަށާއި، މިއީ ފައިސާގެ ގޮތުން ބަލާނަމަވެސް ހަރަދު ކުޑަ މަސާޖެއް ކަމަށް އެ ސްޕާއިން ބުނެއެވެ.

ސްޕާއިން ބުނީ ހަރުފަ ދެކެ ބިރު ގަންނަ މީހުންނަށް މި މަސާޖް ނުދޭނެ ކަމަށާއި، އަދި ހިތް ބަލި މީހުންނާއި، މުސްކުޅިންނަށް މި މަސާޖް ނުދޭނެ ކަމަށެވެ. އެ ސްޕާއިން އިތުރަށް ބުނީ މިގޮތައް އިތުރު ޖަނަވާރު މެދުވެރިކޮށް މަސާޖް ދިނުމަށް ވިސްނަމުން އަންނަ ކަމަށާއި، އެކަމަށް ބައެއް ޖަނަވާރުތައް މިހާރު ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. މުސްތަގުބަލުގައި ކުއްތާ އަދި ބުޅާ ފަދަ ޖަނަވާރުތައް ބޭނުން ކޮށްގެން މަސާޖް ކުރުމަށް ވިސްނަމުން އަންނަ ކަމަށް އެ ސްޕާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
17%
67%
17%
0%
ކޮމެންޓް