ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 07:31
އެމްޓީސީސީއިން ތ. އަދި ލ. އަތޮޅަށް ފަށާ ލޯންޗް ފެރީގެ ހިދުމަތުގައި ބޭނުން ކުރާ ލޯންޗް
އެމްޓީސީސީއިން ތ. އަދި ލ. އަތޮޅަށް ފަށާ ލޯންޗް ފެރީގެ ހިދުމަތުގައި ބޭނުން ކުރާ ލޯންޗް
އެމްޓީސީސީ
އެމްޓީސީސީ ލޯންޗް ފެރީގެ ހިދުމަތް
ތ. އަދި ލ. އަތޮޅާއިދެމެދު ލޯންޗް ފެރީގެ ހިދުމަތް އިފްތިތާހުކޮށްފި
ލޯންޗް ފެރީގެ ހިދުމަތް ހަފްތާއަކު 4 ދުވަހު ދޭނެ
ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާ
ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ތ. އަދި ލ. އަތޮޅާއި ދެމެދު ލޯންޗް ފެރީގެ ހިދުމަތް އިފްތިތާހުކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ އަންގާރަ ދުވަހުން ފެށިގެން ލޯންޗް ފެރީގެ ހިދުމަތް ހަފްތާއަކު 4 ދުވަހު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯންޗް ފެރީގެ ހިދުމަތް ދެމުންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ތ. އަދި ލ. އަތޮޅާއި ދެމެދެ ފަށާ ލޯންޗް ފެރީގެ ޙިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. މި ޚިދުމަތުގައި ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާއެވެ. އަދި ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ.

އެމްޓީސީސީއިން ބުނީ ލޯންޗް ފެރީގެ ޚިދުމަތް ފެއްޓުމުގައި އެމްޓީސީސީއާއިއެކު ވަރަށް ގާތުން މަސައްކަތްކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލަށާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އާއި ލ.ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.

- ކޮމެންޓް