ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 07:07
ނެޝަނަލް ޑިރެކްޓަރޭޓް ސެކިޔުރިޓީ (އެންޑީއެސް)ގެ އޮފިސަރުންތަކެއް
ނެޝަނަލް ޑިރެކްޓަރޭޓް ސެކިޔުރިޓީ (އެންޑީއެސް)ގެ އޮފިސަރުންތަކެއް
-
ޗައިނާގެ ޖާސޫސީ އޮފިސަރުން ހައްޔަރުކުރުން
އަފްގާނިސްތާނުން ޗައިނާގެ ޖާސޫސީ އޮފިސަރުންތަކެއް ހައްޔަރުކޮށްފި
 
ޗައިނާގެ ޖާސޫސީ އޮފިސަރުން އަފްގާނުގައި ހަރަކާތްތެރިވީ ޕާކިސްތާނުގެ އެހީއާއިއެކު
 
އަފްގާނިސްތާނުން ހައްޔަރުކޮށްފައިވަނީ ޗައިނާގެ 10 ޖާސޫސީ އޮފިސަރުން

އަފްގާނިސްތާނުގައި ހަރަކާތްތެރިވި ޗައިނާގެ ޖާސޫސީ އޮފިސަރުންތަކެއް އަފްގާނުގެ ނެޝަނަލް ޑިރެކްޓަރޭޓް ސެކިޔުރިޓީ (އެންޑީއެސް)އިން ހައްޔަރުކޮށްފިއެވެ.

އެންޑީއެސްއިން ބުނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވި ޗައިނާގެ 10 ޖާސޫސީ އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުން ހައްޔަރުކޮށްފައިވަނީ ވެރިރަށް ކާބުލްގައި ހަރަކާތްތެރިވަމުން އަންނަނިކޮށް ކަމަށެވެ. އަދި މިހާތަނަށް ކުރެވިފައިވާ ތަހުގީގުން، ޗައިނާގެ ޖާސޫސީ އޮފިސަރުން އަފްގާނުގައި ހަރަކާތްތެރިވީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ އެހީތެރިކަމާއިއެކުގައި ކަމަށް އެންޑީއެސްއިން ބުނެއެވެ.

އަފްގާނު ސަރުކާރުން ވަނީ އެގައުމުގައި ހަރަކާތްތެރިވި ޗައިނާގެ 10 ޖާސޫސީ އޮފިސަރުން ހައްޔަރު ކޮށްފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އަފްގާނު ސަރުކާރުގެ އޮފިޝަލަކު ބުނީ އެގައުމުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހައްގާނީ ނެޓްވޯކްއާއި އެކު ހަރަކާތްތެރިވަމުން އަންނަނިކޮށް 10 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ ސަރުކާރުން ވަނީ ހައްޔަރުކޮށްފައިވާ އެގައުމުގެ 10 ޖާސޫސީ އޮފިސަރުން ދޫކޮށްލުމަށް އަފްގާނު ސަރުކާރުގައި އެދިފައެވެ. އެކަމަކު އަފްގާނު ސަރުކާރުން މި ކަމަށް އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
67%
33%
ކޮމެންޓް