ކ. މާލެ
|
27 ޑިސެންބަރ 2020 | އާދީއްތަ 13:52
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓްތައް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓްތައް
އެމްއޭސީއެލް
ވީއައިއޭގެ އޮޕްރޭޝަންސްތަކަށް ބަދަލު ގެނައުން
ވީއައިއޭއަށް ޖައްސާ އިންޓަރނޭޝަނަލް ފްލައިޓުތައް އިތުރުވާތީ އެތެރޭގެ އުދުހުންތައް ނޯތު އޭޕްރަންއަށް ބަދަލުކޮށްފި
މިބަދަލުގެނައީ އެފްލައިޓްތަކަށް ޖާގަ ދިނުމުގެ ގޮތުން
އާދިއްތަ ދުވަހު އެކަނި ވެސް 5000 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ
އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ރަޝިޔާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)އަށް ޖައްސާ އިންޓަރނޭޝަނަލް ފްލައިޓުތައް އިތުރުވާތީ އެތެރޭގެ އުދުހުންތައް ނޯތު އޭޕްރަންއަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިދުވަސްވަރު ވީއައިއޭއަށް ވަރަށް ގިނަ އިންޓަރނޭޝަނަލް ފްލައިޓްތައް ޖައްސަމުންދާތީ އެ ފްލައިޓުތަކަށް ޖާގަ ދިނުމަށް އެއަރޕޯޓުގެ އޮޕަރޭޝަންސްތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެގޮތުން މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތައް އެއަރޕޯޓުގެ ނޯތު އެޕްރަންއަށް ބަދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ މާރޗް 27 ގައެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނި ވެސް 4997 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާތަނަށް އައި ގައުމަކަށް ރަޝިއާ ވެފައިވާ އިރު، އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާތަނަށް އައި ގައުމަކަށް ރަޝިއާ ވެފައިވާ އިރު، އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

- ކޮމެންޓް