ކ. މާލެ
|
24 ޑިސެންބަރ 2020 | ބުރާސްފަތި 08:29
އެޗް.ޑީ.ސީގެ ޗެޓްބޮޓް މިތުރު އިފުތިތާހުކުރުމުގެ ތެރެއިން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގަންނަވަނީ
އެޗް.ޑީ.ސީގެ ޗެޓްބޮޓް މިތުރު އިފުތިތާހުކުރުމުގެ ތެރެއިން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގަންނަވަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެޗްޑީސީގެ ޗެޓްބޮޓް މިތުރު އިފުތިތާހުކުރުން
އެޗްޑީސީގެ ޗެޓްބޮޓް މިތުރު އިފުތިތާހުކޮށްފި
އެޗްޑީސީ އާއި އާންމު ރައްޔިތުންނާއި މެދު އޮންނަ ގުޅުން ރަނގަޅުކޮށްދޭނެ
އެޗްޑީސީން ދެމުންދާ ހިދުމަތްތަކަށް އެދުމުގެ އިތުރުން، ހިދުމަތްތަށް ބޭނުންކުރާނެ ގޮތް ކިޔާދޭނެ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޝަން (އެޗްޑީސީ)އިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޙިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި "މިތުރު" ޗެޓްބޮޓް ތަޢާރަފްކޮށްފިއެވެ.

މި ޗެޓްބޮޑުގެ ބޭނުމަކީ އިންޓަނެޓްގެ ޒަރިއްޔާއިން ފޭސްބުކް މެސެންޖަރ އަދި ވެބްސައިޓް ގައި އެޗްޑީސީއާއި ގުޅޭ މަޢުލޫމާތު ވިހާވެސް ފަސޭހައިން ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީއަކީ އަސާސީ ޙިދުމަތްތަކާއި، ބޮޑެތި މަޝްރޫޢުތަށް ކުރިއަށްގެންގޮސް ހުޅުމާލޭގެ ރައްޔިތުންނަށް ހިދުމަތެއް ދިނުމުގެ ޒިންމާ އުފުލާ ކުންފުންޏެއް ކަމުން ރައްޔިތުންނަށް އެ ކޯޕަރޭޝަނުން ދެމުން ގެންދާ ހިދުމަތްތަކާއި މި ހިދުމަތްތަކުގެ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދީގެން ކުރަމުން އަންނަށް މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗް.ޑީ.ސީ އާއި އާންމު ރައްޔިތުންނާއި މެދު އޮންނަ ގުޅުން ރަނގަޅުކޮށް މަޢުލޫމާތު ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހުށަހެޅިފައިވާ މައްސަލަތަކަށް ވީހާވެސް އަވަހަށް ޖަވާބުދާރީ ވުމަށް "މިތުރު" ވެގެން ދާނި އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ކަމަށްވެސް އެޗްޑީސީން ދެކެއެވެ.

ފޭސްބުކް މެސެންޖަރ އިންނާއި އެ ކޯޕަރޝަންގެ ވެބްސައިޓުން ލިބިގެންދާ މި ޙިދުމަތުން، އެޗްޑީސީން ދެމުންދާ ހިދުމަތްތަކަށް އެދުމުގެ އިތުރުން، ހިދުމަތްތަށް ބޭނުންކުރާނެ ގޮތް ކިޔާދޭނެއެވެ. ހުޅުމާލޭ ގައި އިންވެސްޓަރުންނަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތާއި އިންވެސްޓަރުން އަމަލު ކުރަންވީ ގޮތް ފަސޭހައިން "މިތުރު"ގެ ޒަރިއްޔާއިން ފޯރުކޮށްދެވިގެންދާނެއެވެ.

މީގެއިތުރުންވެސް ހުޅުމާލެ އާއި ބެހޭ ގިނަ މަޢުލޫމާތު ތަކެއް "މިތުރު" ގެ އެހީގައި ދެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އަދި ކުރިމަގުގައި "މިތުރު"ގެ ހިދުމަތްތަކުގައި ދިމާވާ މައްސަލަތަށް ބަލާ އިތުރު މަޢުލޫމާތު ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އެޗް.ޑީ.ސީގެ އުއްމީދަކީ މިހާރުވެސް ހުޅުމާލޭ ގައި ދިމާވާ ދަތިތަކާއި ގުޅިގެން މައްސަލަ ހުށަހެޅުމުގައި ފަސޭހަވެ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި އިންވެސްޓަރުންނާއި އެ ކޯޕަރޭޝަންގެ ގުޅުން "މިތުރު" ގެ ސަބަބުން އިތުރަށް ފުރިހަމަ ވެގެންދިއުން ކަމަށް އެޗްޑީސީން ބުނެއެވެ.

- ކޮމެންޓް